ads
އެމްޕީއެލް ސަރަހައްދު--
އިމްޕޯޓާއި އެކްސްޕޯޓުން ލިބުން އާމްދަނީ 30 އިންސައްތަ ދަށަށް
ފާއިތުވި ޑިސެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 30 އިންސައްތަ ދަށް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު 359 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޑިސެމްބަރު މަހު އެ އަދަދު ވަނީ 252 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. މިއީ ތިރީސް އިންސައްތައިގެ ދަށް އަދަދެއް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. 

އެކްސްޕޯޓްކުރި މުދަލަށް ބަލާއިރު 2019 ވަނަ އަހަރު 425 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރިއިރު 2020 ވަނަ އަހަރު 459 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރި އެވެ. މިއީ އަށް އިންސައްތައިގެ އިތުރު އަދަދެެކެވެ. އަދި އިމްޕޯޓްކުރި މުދަލަށް ބަލާއިރު 2019 ވަނަ އަހަރުގެ ތެރޭގައި 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރި ނަމަވެސް 2020 ވަނަ އަހަރު އެ އަދަދު އުޅުނީ 2.6 ބިލިއަން ރުފިޔާގަ އެވެ. އެއީ 40 އިންސައްތައިގެ ދަށް އަދަދެކެވެ. 

ކަސްޓަމްސް އިން ބުނީ ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، ޔޫއޭއީ އަދި އިންޑިއާ ކަމަށެވެ. ޗައިނާ އަދި ޔޫއޭއީ އިން 408 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު އިންޑިއާ އިން 360 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. 

ވޭތުވެދިޔަ ޑިސެމްބަރު މަހު އަގުގެ ގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ގައުމުތަކުގެ ލިސްޓްގެ އިތުރުން ޕްރޮސެސް ކުރެވުނު ޑިކްލަރޭޝަންގެ އަދަދާއި ކްލިއަރަންސް ދެވުނު އުޅަނދު ފަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު އަގުގެ ގޮތުން އެންމެ ގިނައިން އިމްޕޯޓްކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ، ޔޫއޭއީ އަދި އިންޑިއާ އާއި ސިންގަޕޫރުގެ އިތުރުން ސްރީލަންކާ އެވެ.

އަދި އަގުގެ ގޮތުން އެންމެ ގިނައިން އެކްސްޕޯޓްކުރި ގައުމުތަކަށް ބަލާއިރު އެ ލިސްޓުގެ ކުރީގައި 70 އިންސައްތައާއެކު އޮތީ ތައިލެންޑެވެ. އަދި ފަސް އިންސައްތައާއެކު ދެވަނައިގައި ޖަރުމަނުވިލާތް އޮތްއިރު އިންޑިއާ އާއި އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް އޮތީ ތިން އިންސައްތައާއެކު އެވެ. 

އޭގެ އިތުރުން 2019 ވަނަ އަހަރު ގިނަ އަދަދެއްގެ އުޅަނދުފަހަރަށް ކްލިއަރެންސް ދެވިފައިވެ އެެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުން އައި އުޅަނދުތަކުގެ އަދަދު 98 ގައި އުޅޭއިރު ރާއްޖެއިން ފުރި އުޅަނދުތަކުގެ އަދަދަކީ 91 އެކެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ބޭރުން އައި އުޅަނދުތަކުގެ ތެރެއިން 143 އުޅަނދަކަށް ކްލިއަރެންސް ދިނެވެ. އަދި ރާއްޖެއިން ފުރާފައި ވަނީ 106 އުޅަނދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް