ads
ޕްރިޔަންކާ
ކަޅުވުމުން ރީތި ނޫން ކަމަށް ހީކޮށް މޫނުގައި ފުށް ޖެހިން: ޕްރިޔަންކާ
ދޮން ވާން ބޭނުން ކުރާ ފެއާނެސް ކްރީމް އިޝްތިހާރު ކުރެވުނީތީ ދެެރަވާ ކަމަށާއި ކަޅުވުމަކީ މައްސަލައެއް ކަމަށް ހީކޮށް ކުޑައިރު ޓަލްކަމް ޕައުޑަރު މޫނުގައި ޖަހާ ކަމަށް ޕްރިޔަންކާ ބުނެފި އެވެ.

ކަޅު މީހުންނަކީ ރީތި ބައެއް ނޫން ކަމަށް ހީކޮށް ކުޑައިރު އަމިއްލަ މޫނުގައި ޓެލްކަމް ޕައުޑަރު ޖެހި މީހަކަށް ވީތީ ހިތާމަ ކުރާ ކަމަށް ވެސް ޕްރިޔަންކާ ބުނެ އެވެ. ފެއާނެސް ކްރީމް އިޝްތިހާރު ކުރުން ޕްރިޔަންކާ ހުއްޓާލީ ހޮލީވުޑަށް ބަދަލުވި ފަހުންނެވެ.

ކުރިން އިންޑިއާގައި ދޮންވާ ކްރީމްތައް އިޝްތިހާރު ކުރި މައްސަލަ ފެންމަތިވެފައި ވަނީ ނަސްލީ ތަފާތުކުރުންތައް ހުއްޓާލުމަށް ހިންގާ "ބްލެކް ލައިވްސް މެޓާ" އާއި ގުޅިގެންނެވެ.

2015 ވަނަ އަހަރު ޕްރިޔަންކާ ދީފައިވާ އިންޓަވިއުއް ސޯޝަލް މީޑިއާއަށް ދޫކޮށްލިއިރު އޭގައި ވަނީ އަހަރެއްހާ ދުވަހު އެ ކްރީމް އިޝްތިހާރުކުރި ކަމަށް ބުނެފައެވެ. އެކަމަކު ފަހުން ދޫކޮށްލީ އެކަމާއި ވީ ދެރައެއްގެ ބޮޑު ކަމުން ކަމަށް ބުނެފައިވެއެެވެ.

އިންޑިއާއިން އުފައްދާ ފެއާނެސް ކްރީމް ފަދަ ހަމުގެ ކުލަ އަލިކޮށްދޭ ބްރޭންޑްތަކަކީ ނަސްލީ ތަފާތު ކުރުންތަކަށް ބާރުލިބޭ އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެ އެވެ. 

ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް ބޮލީވުޑްގެ ތަރިން އަޑުއުފުލަމުން ދާތީ ފެއާނަސްް ކްރީމް ޕްރޮމޯޓް ކުރުން އެއީ ވަކި ނަސްލަކަށް ތާއީދުކުރުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ބޮލީވުޑްގެ ތަރިންނަށް ފާޑުކިޔަމުންނެވެ.

އޭގެ ތެރޭގައި މަޝްހޫރް ބޮލީވުޑްގެ ތަރި ދީޕިކާ ވެސް ހިމެނޭއިރު އޭނާ ވަނީ ކެރިއަރުގެ އެންމެ ފުރަތަމަ ދުވަސްވަރު އެފަދަ ތަަކެތި ޕްރޮމޯޓްކުރެވިފައި ވާތީ އެކަމާ ދެރަވާ ކަމަށް ބުނެފަ އެވެ. 

ދީޕިކާ ބުނީ އޭނާ މިހާރު އެފަދަ ބްރޭންޑްތަކާއި ތަކެތި ބޭނުން ނުކުރާ ކަމަށާއި އޭނާ މިހާރު އެންމެ އިސްކަމެއް ދެނީ ރޭގަނޑު ގަޑީގައި ރަނގަޅު ނައިޓް ކްރީމެއް ބޭނުންކޮށްފައި އަބަދުވެސް ނިދުމުގެ ކުރިން މޭކަޕް ރިމޫވް ކުރުމަށް ކަމަށެވެ. ދީޕިކާގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ގިނަ ސެެލެބްރިޓީންތަކެއް ވަނީ ފެއާނެސް ކްރީމް ޕްރޮމޯޓް ކުރުމަށް އިޝްތިހާރުތަކުގައި ހަރަކާތްތެރިވެފަ އެވެ.  

އެހެން ނަމަވެސް ބޮލީވުޑްގެ ސެލެބްރިޓީން ހަމުގެ ކުލަ އަލިކުރުމަށް ސާޖަރީ ހެދުމާއި އެފަދަ ބްރޭންޑްތައް ޕްރޮމޯޓްކޮށްފައި ވާތީ ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުން އެކަމުގައި އެ ތަރިން އަޑު އުފުލަނީ ދެއްކުންތެރި ކަމަށެވެ.

ޕްރިޔަންކާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު، އޭނާ ދާދި ފަހުން ވަނީ ބާލިންގައި "މެޓްރިކްސް 4" ގެ ޝޫޓިން ނިންމާލާފަ އެވެ. އޭގެ އިތުރުން ސެލިން ޑިއޯން އާއި ސޭމް ހިއުއަން އާއެކު "ޓެކްސްޓް ފޮ ޔޫ" އިން ވެސް އޭނާ ފެންނާނެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް