ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި
ފާތިމަތު ސާޔާ އަހުމަދު
26 ޖެނުއަރީ 2021 - 09:50:43
ޕާސްޕޯޓް ނަކަލުކޮށްގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި ބިދޭސީއަކު އަނެއްކާވެސް ހުއްޓުވައިފި އެވެ.
އިމިގްރޭޝަނުން ބުނީ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން އުޅެނިކޮށް ހުއްޓުވީ އުމުރުން 28 އަހަރުގެ ބިދޭސީ ފިރިހެނަކު ކަމަށެވެ. އެއީ ކޮން ގައުމެއްގެ މީހެއް ކަން ހާމަކޮށްފައެއް ނުވެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ވެސް މިގޮތަށް ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީން ހިހެފެއްޓުމަށް ފަހު އަނބުރާ ގައުމަށް ފޮނުވާލާފައި ވެއެވެ.
ގަވާއިދާ ހިލާފަށް ނަކަލުކޮށްފައިވާ ޕާސްޕޯޓު ހިފައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުން ހުއްޓުވާ އަނބުރާ ގައުމަށް ފޮނުވުމުގެ މަސައްލަތް އިމިގްރޭޝަނުން ދަނީ މެދުކެނޑުމެއް ނެތި ކުރަމުންނެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް