ads
ރީބްރޭންޑްކޮށްފައިވާ އޭއެފްސީ ކަޕުގެ ލޯގޯ
އޭއެފްސީ ކަޕު ސެންޓްރަލައިޒްޑްކޮށް، ގުރު ނެގުން މިއަދު
ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން ނިންމާފައިވާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން މިއަދު އޮންނާނެއެވެ. މުބާރާތުގެ ގުރުއަތުލުން އޮންނާނީ ވާޗުއަލް ހަފްލާއެއްގެ ގޮތުގައެވެ.

ސެންޓްރަލައިޒްޑް ވެނިއުއެއްގައި އޭއެފްސީ ކަޕުގެ މެޗުތައް ބާއްވަން އޭއެފްސީން ނިންމީ، ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިންނެވެ. މިދިޔަ އަހަރު ކެންސަލް ކުރި އޭއެފްސީ ކަޕު ފުޓްބޯޅަ މުބާރާތްވެސް ސެންޓްރަލައިޒްޑް ފޯމެޓަކަށް ބާއްވަން އޭއެފްސީން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން ފަހު ވަގުތު އޭއެފްސީއަށް މަޖުބޫރުވީ މުބާރާތް ކެންސަލް ކުރާށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންދާނެ ސްޓޭޑިއަމްތައް ކަނޑައަޅާނީ މިއަދު އޮންނަ މުބާރާތުގެ ގުރުއަތު ނެގުމަށް ފަހުއެވެ. މި ފަހަރުގެ މުބާރާތުން ގްރޫޕް ސްޓޭޖުން ރާއްޖެއަށް ލިބިފައިވާ ސީދާ ޖާގަ ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިވެހި ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން މާޒިޔާއަށެވެ. ރާއްޖޭން ޕްލޭ އޮފް ބުރުގައި ކުޅޭނީ ކްލަބު އީގަލްސްއެވެ. މިއީ އޭއެފްސީ މުބާރާތުން އީގަލްސްއަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

މާޒިޔާއާ އެކު ގްރޫޕް ސްޓޭޖުން ޖާގަ ކަށަވަރުކޮށްފައިވަނީ އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންއާ، ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްއެވެ. ކްލަބު އީގަލްސް ހިމެނޭ ގޮތުން ޕްލޭ އޮފް ބުރުގައި ވާދަކުރާ ޓީމުތަކުން މޮޅުވެގެން އަންނަ ޓީމަކަށް ލިބޭނީ ސައުތު ޒޯނުގެ ފަހު ޖާގައެވެ. އީގަލްސްއާ އެކު އެ ޖާގައަށް ވާދަކުރާނީ އިންޑިއާގެ ބެންގަލޫރު އެފްސީ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ އިތުރުން ނޭޕާލުގެ އާމީ ކްލަބާއި ސްރީލަންކާ ޕޮލިސް، އަދި ބޫޓާންގެ ތިމްޕޫ ސިޓީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް