ads
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން:-
އިނގިރޭސިވިލާތުގައި 100،000 މަރު: ސަރުކާރުން މައާފަށް އެދިއްޖެ!
އިނގިރޭސި ވިލާތުގައި ކޮވިޑް ޖެހިގެން 100،000 (އެއް ލައްކަ) އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން އެ ގައުމުގެ ސަރުކާރުން މައާފަށް އެދިއްޖެއެވެ.

ކޮވިޑްގައި 100،000 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައވަނީ މިހާ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާއިރު، އެކަމުގެ ޒިންމާ ސަރުކާރުން ނަގާ ކަމަށެވެ. 

"ވަރަށް ބޮޑަށް އަޅުގަނޑު މައާފަށް އެދެން. ގެއްލި ދިޔަ ފުރާނަތަކަށް ދައުލަތުގެ ފަރާތުން މައާފަށް އެދެން،" އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ވިދާޅުވި އެވެ. 

ބޮރިސް ޖޯންސަން ވިދާޅުވީ އިނިގިރޭސި ވިލާތުގެ ދައުލަތުން ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ. 

މިހާތަނަށް އިނގިރޭސި ވިލާތުގައި 100،162 މީހުން މި ބަލީގައި ވަނީ މަރުވެފައެވެ.

މިހާ ގިނަ އަދަދެއްގެ ބަޔަކު މި ބަލީގައި މަރުވުމާ ގުޅިގެން، އިދިކޮޅު ޕާޓީތަކާއި މީޑިއާތަކުގެ ފާޑުކިއުން ވަރަށް ބޮޑަށް ވަނީ އިނގިރޭސި ވިލާތުގެ ސަރުކާރަށާއި، ދައުލަތުގެ މުއައްސަސާތަކަށް އަމާޒުވެފައެވެ. 

އިނގިރޭސި ވިލާތުގައި ކޮވިޑް 19 އާ ގުޅިގެން ވެކްސިން ޖަހަން ފަށާފައިވާއިރު، އެ ގައުމުން ވަނީ ކޮވިޑް 19 ގެ އާ ވައްތަރުތަކެއް ވެސް ފެނިފައެވެ. އިނގިރޭސި ވިލާތުން ބުނަނީ ކޮވިޑްގެ އާ ވައްތަރު އެ ގައުމަށް އައީ އެފްރިކާއިން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް