ads
އެންވައިރަމެންޓް މިނިސްޓަރު އަދި ބޮނޑޭ..
މައްސަލަ އަކީ ކުނި ވަޒީރު ސައިންޓިސްޓަކަށް ވެގެން އުޅުއްވާތީ: ބޮންޑޭ
ތިމާވެށީގެ މައްސަލަތަށް ބޮޑުވެގެން އުޅެނީ ކުނި ވަޒީރު ސައިންޓިސްޓަކަށް ވެގެން އުޅުއްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަށީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ބޮންޑޭ މިހެން ވިދާޅުވީ، މާފުށީ ކުނިގޮނޑުގެ މައްސަލައަށް އަލިއަޅުވާލައި، ސީއެންއެމްގެ އިތުރުކާފު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ. 

ބޮންޑޭ ވިދާޅުވީ، ކުނީގެ މައްސަލަތައް ބޮޑުވެގެން އުޅެނީ އެކަން މެނޭޖުކުރާނެ ފައިސާ ނެތިގެން ނޫން ކަމަށާއި މައްސަލައަކީ މައްސަލައަކީ ކުނި ވަޒީރު ސައިންޓިސްޓަކަށް ވެގެން އުޅޭތީ ކަމަށެވެ. އެންވައިރަމެންޓް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަންއަށް ބަހުގެ ހަމަލާއަށް އަމާޒުކުރައްވައި ބޮންޑޭ ވިދާޅުވީ ތިމާވެށި ސައިންސަށް ހަދައިގެން ގޮނޑު ދިރާސާ ކުރަން އޮއްވާ މުޅި ރާއްޖެ ގޮނޑުވާން ފަށައިފި ކަމަށެވެ. އަދި "ކުނި" ވަޒީރުގެ ޒިންމާއަކީ ކޮބައިތޯ ސުވާލު އުފައްދަން ޖެހެނީ މި ސަބަބާއި ހުރެ ކަމަށްވެސް ބޮނޑޭ ވިދާޅުވިއެވެ. 

ތިމާވެށި ވަޒީރޭ ކިޔަނެ ކަމެއް ނެތް، ކުނި ވަޒީރު.. ކުނިވަޒީރު އެއީ، ކުންޏާ ބެހޭ ވަޒީރު... ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ، ސައިންސްވެރިއަކަށް ވެގެން ކުނިން ދިރާސާކޮށް އެއިން ހަކަތަ އުފެއްދުމާއި ބެހޭ ތަހުލީލުތަށް ކުރުމަކީ އެހެން ބައެއް ކުރަންޖެހޭ ކަމެއް ކަމަށާއި، ވަޒީރުގެ މަސްއޫލިއްޔަތަކީ ވުޒާރާގެ މެންޑޭޓު ތަންފީޒު ކުރުން ކަމަށެވެ. އެގޮތުން ވަޒީރުގެ މެންޑޭޓު ވަޒީރަށް ގެނގެން ޖެހޭނެ ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ އަބަދު ވިދާޅުވާން ޖެހޭނެ އެއްޗެއް ނޫންކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ. 

އެ މެންޑޭޓު ބާއްވާފަ ވަޒީރު ވަނީ ސައިންސް ވެރިއަކަށް.. ވެގެން ގޮނޑު ނަގައިގެން ގޮނޑު ދިރާސާ ކުރަނީ.. އެއީ އެހެން ބަޔަކު ކުރަންޖެހޭ ކަމެއް.. ރާއްޖޭގަ ހުރި ހުރިހާ ގޮނޑެން ބަރާބަރަށް މެނޭޖު ކުރަމުންދޭތޯ ދުވަހުން ދުވަހަށް ބެލުން އެއީ އެފަރާތުގެ ޒިންމާއެއް. ބޮންޑޭ ވިދާޅުވުއެވެ.

ބޮންޑޭ ވިދާޅުވީ، ރަސްފަންނަށް ކުންޏާއި ނަޖިސް ލައްގާ ވާހަކަ އޭރު ވަރަށް ގިނައިން ދެއްކި ކަމަށާއި ނަމަވެސް މިހާރުވެސް ލައްގާ ކަމަށެވެ. އަދި އެކަންކަން ހައްލުކުރަން 2023 މާލަސް ކަމަށާއި، އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ބޭރު ގައުމުތަކުން ރާއްޖޭގެ ކުނީގެ މައްސަލަތައް ހައްލުކުރަން އެކި ނަންނަމުގައި ފަންޑު ދީފައި އެބަހުރިކަން ބޮންޑޭ ފާހަގަކުރިއެވެ. 

މާފުށީގައި ކުނި މެނޭޖުކުރުމުގެ ގަވާއިދާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރަމުންދާ މައްސަލާގައި ބޮންޑޭ އަންނަނީ މީސްމީޑިއާގައިވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މިމައްސަލާގައި ކަމާއިބެހޭ ފަރާތްތަކުން އިހުމާލުވާކަމުގެ ތުހުމަތު ވަރަށް ބޮޑަށް ވަނީ ކުރެވިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް