ads
މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފަ: ފޮޓޯ ރައީސް އޮފީސް
ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއަށް 55 ދަރަޖައިގެ ކުރިއެރުމެއް
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި 14 ޕޮއިންޓުގެ ކުރިއެރުމަކާއެކު ލިސްޓުގެ 75 ވަނައިގައި ރާއްޖެ ހިމެނިއްޖެ އެވެ.

ސީޕީއައިއަކީ ދުނިޔޭގެ 183 ގައުމުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމަށް ހަދާފައިވާ ސާވޭ އާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ މައްޗަށް ކޮންމެ އަހަރަކު ޝާއިއު ކުރާ ލިސްޓެކެވެ. 

އެގޮތުން 2019 ވަނަ އަހަރު ލިސްޓުގެ 130 ވަނައިގައި ރާއްޖެ އޮތް އިރު، 2020 ވަނަ އަހަރު 14 ޕޮއިންޓުގެ ކުރިއެރުމެއް ހޯދާ، ޖުމްލަ 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 75 ވަނައިގަ އެވެ.

އެހެންކަމުން ރާއްޖެއިން ވަނީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 55 ދަރަޖަ ކުރިއަށް ޖެހިފަ އެވެ. ހުރިހާ ގައުމެއްގެ ތެރެއިން 2020 ގައި އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ރާއްޖެ އަށެވެ. 

ނަމަވެސް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ރާއްޖޭގެ އޮފީހުން ބުނެފައިވާ ގޮތުގައި އަދިވެސް ރާއްޖެ ހިމެނެނީ 50 އަށް ވުރެ ދަށުން ޕޮއިންޓް ލިބުނު ތިންބައިކުޅަ ދެބައި ގައުމުގެ ތެރޭގަ އެވެ.

އަދި މިކަން ރަނގަޅު ކުރުމަށް ވަނީ ހަތަރު ކަމެއް އިސްލާހު ކުރުމަށް ދިވެހި ސަރުކާރަށް ލަފާދީފަ އެވެ. އެއީ މިނިވަން މުއައްސަސާތައް ހަރުދަނާ ކުރުން، ކޮންޓްރެކްޓިން ނިޒާމަކީ ހާމަކަން ބޮޑު ނިޒާމަށް ހެދުމާއި، ޑިމޮކްރަސީ ދިފާއުކޮށް ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން އަދި ކުއްލި ހާލަތްތަކުގައި ސަރުކާރުގެ ހަރަދުތަކުގެ ތަފްސީލް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް