ads
މޮރިޝަސް އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ---
ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލަ ބަލައިގަނެފި
ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ދަށުން، ރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭގޮތުން އިންޓާނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީއަށް މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ބޭއްވި ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.

މި މައްސަލައިގައި އޭޖީން ނެރުނު ބަޔާނެއްގަިއ ބުނެފައިވަނީ، މި މައްސަލައިގައި އިޖުރާއީ ގޮތުން ރާއްޖެއިން ފާހަގަކުރި ކަންކަމާ ގުޅޭ ގޮތުން އަޑުއެހުންތައް ބޭއްވުމަށްފަހު، މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައަކީ މައުލޫއީ ގޮތުން ބެލޭނެ މައްސަލަ އެއްކަން ޓްރައިބިއުނަލްއިން މިއަދު ކަނޑައަޅާފައިވާ ކަމަސެވެ.

މިކަމުގެ ނަތީޖާ އަކީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދާއި، މޮރިޝަސްގެ ހާއްސަ އިގުތިސާދީ ސަރަހައްދާ ފުށުއަރާ ދިމާއަކާ ބެހޭގޮތުން ޓްރައިބިއުނަލްގައި މައްސަލަ ކުރިއަށް ގެންގޮސް، މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އެ ސަރަހައްދާމެދު ގޮތެއް ކަނޑައެޅިގެން ދިއުން ކަމަށް އެޖީން ބުނެއެވެ.

އެގޮތުން ބައިނަލްއަގުވާމީ އުސޫލުތަކަށް ބަލާއިރު، އާންމު އުސޫލެއްގެ ގޮތުން އެފަދައިން ފުށުއަރާ ސަރަހައްދާމެދު ގޮތެއް ކަނޑައެޅިގެން ދާނީ ހަމަހަމަ އުސޫލަކުން ދެ ގައުމަށް ލިބޭ ގޮތަށް، އިކުއިޑިސްޓެންސްގެ އުސޫލު ބޭނުންކޮށްގެންކަން އޭޖީން ފާހަގަ ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް