ads
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ
ދަރިމައިވުމުގައި ދިމާވާ ކަންކަން އެހީވާން ޖަމިއްޔާއެއް އުފައްދައިފި
"ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ" ގެ ނަމުގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގައި ޖަމިއްޔާއެއް މިއަދު ރަޖިސްޓްރީކޮށްފި އެވެ.

އެ ޖަމާއަތުގެ މަގްސަދަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާއި ގުޅޭގޮތުން ސައްހަ މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރި ޕްރޮގްރާމް ހިންގާ އަދި ދަރިމައިވުމުގެ އުނދަގޫ ތަހައްމަލު ކުރާ ފަރާތްތަކަށް ހިތްވަރުދިނުމަށް ސަޕޯޓް ގުރޫޕް ހިންގުމާއި އެކު އެ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް އަންނަ ހިނދު އެ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކޮށްދީ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ވޭތުވެދިޔަ އެއްއަހަރު ތެރޭގައި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އިން ހަރަކާތްތެރިވަމުން އައި އެ ޖަމިއްޔާ ،ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ރަސްމީކޮށް އެންޖީއޯއެއްގެ އެންމެ ބޮޑު ބޭނުމަކީ އެ ޖަމިއްޔާގެ މަސައްކަތްކޮށް އިތުރަށް ފުޅާކޮށް ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތަށް ހުރި ދަތިތައް ތަހައްމަލް ކުރާ މީހުންގެ ވާހަކަތައް ކަމާ ގުޅޭ ޕްލެޓްފޯމްތަކަށް ގެނައުމެވެ. އަދި ބޭސްފަރުވާއަށް ރާއްޖެ އަދި ރާއްޖެއިން ބޭރުން އެކި އެކި ފަރުވާ ހޯދަންވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައި ދިނުމަށް ފަންޑްރެއިސް ކުރުމެވެ.

އެ ޖަމިއްޔާގެ ފައުންޑާ މެންބަރުންނަކީ އާޝާ ހުސެއިން އާއި ހައްވާ އިހުސާނާ އަދި ވައިސް ޕްރެސިޑެންޓްއަކީ މަރްޔަމް ޝާނީޒް އެވެ. އެގްޒެކެޓިވް ސެކްރެޓަރީއަކީ ފައިހާ ފަހީމް އަދި ޓްރެޝަރަރް އެއްގެ ގޮތުން މަސައްކަތް ކުރާނީ ރީމާ ހުސެއިންއެވެ. އެ ޖަމިއްޔާގެ އެންމެހާ ހަރާކާތްތައް ހިންގުމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިން ވަނީ ތަފާތު އެކި ދާއިރާ ތަކުގައި މަސައްކަތް ކުރާ މީހުން ހިމެނޭ އެގްޒެކެޓިވް ޓީމެއް އެކުލަވާލާފައެވެ.

އެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ޓީމުގެ ހިމެނެނީ ލުބްނާ އަލީ، މަރިޔަމް ޝަހިންދާ، އުރުބަތު ނައީމް، އައިޝަތު ޝާއިހާ، މަރިޔަމް ޝިފާޒާ އަދި އީމާން އަންވަރު އެވެ.

ވޭތުވެދިޔަ އަހަރާ ހިލާފަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ މަސައްކަތް ފުޅާކޮށް ރަސްމީކޮށް ހަރަކާތްތެރި ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ދަރިމައިވުމުގެ ހުރަސްތައް ހުންނަ މީހުންނަށް ރާއްޖެއިން ފަރުވާ ލިބޭނެ ގޮތްތައް ހޯދާދިނުމާއި އެ ކަމަށް ސިއްހީ ދާއިރާއިން ބޭނުންވާ އެހީތެރިކަމާއި ސަޕޯޓް ހޯދުމެވެ.

ޑައެޓިޝަން އިއާޝާއާއި އެކު ކުރިއަށް ގެންދިޔަ އިންފޮމޭޝަން ސެޝަން ގެ ތެރެއިން ފެބުރުއަރީ 2020 ފާޓިލިޓީ ކޮމިއުނިޓީގެ ހަރާކާތްތަކަށް ބަލާއިރު މިދިޔަ އަހަރުތެރޭގައި ސަޕޯޓް ކޮމިއުނިޓީ އިން ވަނީ ތަފާތު އެކި އެކި މައުލޫމާތު ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި ކޮވިޑްގެ ހާލާތާއި އެކު ކުރިމަތިވީ ގޮންޖެހުންތަކާއި އެކު އެ ޖަމިއްޔާ އިން ވަނި އޮންލައިންކޮށް ސަޕޯޓް ސެޝަންތައް ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ފެބުރުއަރީގައި ކުރިއަށް ގެންދިޔަ ޕިއަރް ޓު ޕިއަރް ސެޝަންގެ ތެރެއިން ދަރިމައިވުމުގެ ސިއްހަތާއީ އަދި ރާއްޖޭގައި "އިންފާޓިލިޓީ" ގެ ހާލާތާއި އެންމެ ގިނަ ބަޔަކު ދަރިމައިވުމަށް ހުރި ހުރަސްތަކަކީ ކޮބައިކަން ބަލާ ރިސާޗެއް ހަދާ ޕަބްލިޝް ކުރުމަކީ އެ ޖަމިއްޔާގެ އެއް އަމާޒުކަމުގައިވާއިރު މިހާރުވެސް ދަނީ މިކަމާއި ގުޅޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ނިމިދިޔާ ޑިސެމްބަރު މަހުގެ ސެޝަނުގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަތް އެ ޖަމިއްޔާގައި މެންބަރަކަށް ވުމަށް ދިވެހި ކޮންމެ ރައްޔިތަކަށް ވަނީ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިން ހުޅުވާލަފައެވެ.

އަދި ޖަމިއްޔާއިން އިން ބާއްވާ އެކި އެކި މައުލޫމާތު ބައްދަލުވުންތަކާއި ސެޝަންތަކުގައި ރެޖިސްޓަރކޮށްގެން ބައިވެރިވެވޭ ގޮތަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން މިހާރު ރެޖިސްޓަރް ކުރެވޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް