ads
އެސްޓްރަޒެނެކާގެ ވެކްސިން-
އީޔޫ އިން އެސްޓްރަޒެނެކާގެ ވެކްސިން ބޭނުންކުރަން ހުއްދަ ދީފި
ޔޫރަޕިއަން ޔޫނިއަން އިން އެސްޓްރަޒެނެކާ އަދި އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާގެ މައްޗަށް އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފިއެވެ.

އީޔޫ އިން އެސްޓްރަޒެނެކާގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ މިދަނޑިވަޅަކީ އެބައްރުގެ ގައުމުތަކުގެ ރައްޔިތުން އެގައުމުތަކުގެ އާބަދީއަށް ވެކްސިން ޖެހުމުގެ ކަންތައް ގެންދާ ދުވެއްޔާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އެބައްރުގެ ސަރުކާރުތަކަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެކެވެ.

އެސްޓްރަޒެނެކާގެ ވެކްސިނަކީ އަދި މިހާތަނަށް ކޮވިޑް-19 އާ ދެކޮޅަށް އުފެއްދި ވެކްސިންތަކުގެ ތެރޭގައި އެންމެ ފަސޭހައިން ރައްކާ ކުރެވޭ އަދި އެންމެ ނަތީއްޖާ ރަނގަޅު ކަމަށް ފާހަގަކުރެވޭ ވެކްސިނެވެ.

އެގައުމު ތަކުގެ ކުޑަކުދިން ފިޔަވައި އެންމެނަށް މިވެކްސިން ޖެހުމުގެ ހުއްދަދީފައިވެއެވެ. 

އެސްޓްރަޒެނެކާގެ އިތުރުން ފައިޒާ އަދި މޮޑާނާގެ ވެކްސިން ވެސް ވަގުތީ ގޮތުން ބޭނުން ކުރުމުގެ ހުއްދަ އީޔޫ އިން ވަނީ ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް