ads
އިންނަ---
އިންނަ ދިވެހި ސަގާފީ ލަވައަށް ނަށައިފި
ބޭރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިންނަ، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު މި ޗުއްޓީގައި އިންނަ އަންނަނީ ވަރަށް ސަކާރަތް ނަގަމުންނެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮންމެ ދުވަހެއް އޭނާ ހޭދަކުރާ ގޮތް ހިއްސާކުރަމުން އަންނައިރު އަބަދުވެސް ފެންނަނީ ޕޫލަށް އެރި އުޅޭ މަންޒަރާއި ގޮނޑުދޮށުގައި އުޅޭ މަންޒަރެވެ.

ކޮންމެއަކަސް އަލަށް ރާއްޖެ އައިސް އޭނާ މިވަނީ ދިވެހި ސަގާފީ ލަވައަށް ވެސް ނަށާފަ އެވެ. އިންސްޓަގްރާމު މެދުވެރިކޮށް ނަށާ ވީޑިއޯއެއް ހިއްސާކޮށްފައި ނުވި ނަމަވެސް އިންނަ ވަނީ ސަގާފީ ލަވައަށް ނެށި ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް ނަށާފައި ވަނީ ކޮން ލަވައަކަށް ކަމެއް ނުބުނެ އެވެ. 

ޔޫ އެންޑް މީ މޯލްޑިވްސްގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނައިރު ރާއްޖޭގެ ރީތި ކަމަށް ވަރަށް ބޮޑަށް ހިތްލެނބިފައިވާކަން އެނގެ އެވެ. 

ޖުމްލަ 2.9 މިލިއަން ފޮލޯވަރުން ތިބި އިންނަގެ އިންސްޓަގްރާމު މެދުވެރިކޮށް އޭނާ ވަނީ ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށްފަ އެވެ. 

your imageއިންނަ---

ރޯމޭނިއާއަށް ނިސްބަތްވާ އިންނައަކީ ދިވެހިންގެ މެދުގައި ވެސް މަގްބޫލު ލަވަކިޔުންތެރިއެކެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް