ads
އިދިކޮޅުން ކުރިއަށް ގެންދިޔަ އިހްތިޖާޖް--
އިދިކޮޅު މުޒާހަރާއިން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި
އިދިކޮޅުން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކުރި އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލެއް ބުނީ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި އެންމެންވެސް ރޭގެ ވަގުތެއްގައި ދޫކޮށްލާފައި ވާނެ ކަމަށެވެ.

އިދިކޮޅުން އިއްޔެ ހަވީރު "އިންސާފަކީ ކޮބާ؟" ގެ ނަމުގައި ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި 11 މީހަކު ހައްޔަރު ކޮށްފައިވެއެވެ. 

އެގޮތުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީއެންސީ ކައުންސިލް މެމްބަރު ނަބީލް ޒަމީލް އަދި ސްޓިއަރިން ކޮމެޓީގެ މެމްބަރުން ވެސް ހިމެނޭ ކަމަށް އިދިކޮޅު ކޯލިޝަނުން އިއްޔެ ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ މުޒާހަރާއެއް ކުރިއަށް ގެންދިޔަ އިރު، އެ ކޯލިޝަނުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމަށް ތާއީދުކޮށް ހައިކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެކަން ބަލައިނުގަނެ ސީދާ ހަރަކާތަށް ނިކުތުމަށް ނިންމާފައެވެ. 

މި ނިންމުމަށްފަހު ފާއިތުވި ހަފްތާ އެއްކޮށް އިދިކޮޅު އެކި އެއްވުންތަކުގެ ވާހަކަ މެދުނުކެނޑި އިވެމުން ދިޔައެވެ. އަދި މި މުޒާހަރާތަކުގައި އިދިކޮޅު އެކި ލީޑަރުންނާއި ސަޕޯޓަރުން އެކި ފަހަރު މަތިން ވަނީ ހައްޔަރު ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް