ads
ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފޮރެންސިކް ސެޝަން
ފުނަދޫ ސްކޫލު ދަރިވަރުންނަށް ފޮރެންސިކް ސެޝަންއެއް ކުރިއަށް ގެންގޮސްފި
ށ. ފުނަދޫ ސްކޫލުގެ ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ފޮރެންސިކް ސެޝަންއެއް ފުލުހުންގެ ފަރާތުން ކުރިއަށް ގެންގޮސްފި އެވެ.

އިއްޔެ ފުނަދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ އެ ސެޝަނަކީ އެ ސްކޫލުގެ ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން ކިޔަވަމުންދާ "ބައެލޮޖީ" މާއްދާގައި ހިިމެނޭ ފޮރެންސިކް ބައިގެ ތެރެއިން ދަރިވަރުންނަށް އިތުރު މައުލޫމާތު ހޯދައިދިނުމާއި، ފޮރެންސިކްސް އާ ގުޅޭގޮތުން ނޭނގޭ އެކިއެކި މައުލޫމާތާއި ކަންކަން ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އެސްކޫލުގެ އެދުމުގެ މަތިން ފުލުހުން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ހދ. އަތޮޅު ފޮރެންސިކް ޔުނިޓާ ގުޅިގެން ކުރިއަށް ގެންދިޔަ އެސެޝަންގައި ޑިޓާމައިން ދަ ޓައިމް އޮފް ޑެތު އާއި ޑީއެންއޭ ޕްރޮފައިލިން އާއި ޕީސީއާރު އާއި ކްރިމިނަލް އިންވެސްޓިގޭޝަން އާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.

އެ ސެޝަންގައި ފުނަދޫ ސްކޫލުގެ ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރާ 13 ދަރިވަރުން ބައިވެރިވެފައިވާއިރު އެ ސެޝަންގައި މައުލޫމާތު ދެއްވާފައިވަނީ ޕޮލިސް ސްޓާފް ސާޖަންޓް މުހައްމަދު އަހުމަދު އާއި ޕޮލިސް ކޯޕްރަލް އަބްދުއްރަހްމާން އަދި ޕޮލިސް ކޯޕްރަލް މުހައްމަދު ސަމީރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް