ads
ފޮޓޯ:ޓްވިޓާ
ކެންޕޭނު ކުރަން ހުރިހާ ރަށަކަށް ދާނަން: ލަތީފް
މީގެ ކުރިންވެސް ކުރާގޮތައް ހުރިހާ ރަށްތަކެއްގައި މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް އެމްޑީޕީން ކެމްޕެއިން ކުރާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، އެ ޕަޓީގެ ކެމްޕެއިން އިދާރީ ހުރިހާ ކަންކަން ކެމްޕެއިން ސެންޓަރަލް ކޮމެޓީން މިހާރު ވަނީ ފަށާފަަ ކަމަށެވެ. 

އެހެންކަމުން ކުރިއަށް މިއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އަތޮޅުތަކާއި، ރަށްތަކުގައި ތިބި އެމްޑީޕީގެ ކެމްޕެއިން ޓީމްތަކާއިއެކު މަޝްވަރާތައް ބޭއްވި، ކުރިއެކޭވެސް އެއްގޮތައް ކެމްޕެއިން ކުރަމުންދިޔަ ގޮތައް ކެމްޕެއިން ފަށާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

" ކުޑަކޮށް ތަފާތުވާނެ މިފަހަރު ކެމްޕެއިން ހިނގަމުންދާގޮތް، އެގިވަޑައިގަންނަވާނެ ކޮވިޑާއި ގުޅިގެން އަޅުގަނޑުމެން އެންމެ އެދޭ މިންވަރަށް ދަތުރުފަތުރު ކުރުމުގެ ފުރުސަތު ނުލިބިގެން ހިނގާދާނެ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ރަށްރަށުގެ ރައްޔިތުންނާ އެކީ މި މަސައްކަތް ކުރުމުގަ އެންމެ ތަންކޮޅެއްވެސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. އެކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަލުވި ސްޕީޑެއްގަ ކުރިއަށް ދާނެ. ހުރިހާ ރައްތަކެއްގަވެސް އަޅުގަނޑުމެން އެހެންޔާވެސް ކެމްޕެއިން ކުރިއަށް ގެންދާގޮތަށް ކުރިއަށް ގެންދެވޭނެ" ލަތީފް ވިދާޅުވިއެވެ.

އެ ޕާޓީގެ ކެމްޕެއިން ސްޕޯކްސް ޕާސަން މެދުވެރިކޮށް ކެމްޕެއިންގެ ހުރިހާ މައުލޫމާތެއް ގަވާއިދުން މީޑިއާތަކާއި ހިއްސާކުރަމުން ދާނެ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ. ލަތީފް ވިދާޅުވީ މިހާރު ނިކުމެ މިތިބީ ކައުންސިލް އިންތިހާބަށް ކަމަށާއި ކައުންސިލްތަކަކީ ސަރުކާރާއި އަދި ރައްޔިތުންގެ މަޖީލީހާއި ހިލާފަށް ވަރަށް ތަފާތު މަސައްކަތެއް ކުރާ ބައެއް ކަމަށެެވެ. އަދި ރައްޔިތުންގެ އަގުލަބިއްޔަތު ދެއްވައިގެން ސަރުކާރާއި ރައްޔިތުންގެ މަޖިލީސް ވެސް ރައްޔިތުން އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވިިކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ އެ އަގްލަބިއްޔަތާއިއެކު ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައްވެސް ވަރަށް ފުރިހަމައަށް ހިނގަމުންދާ ކަމަށެވެ. އެހެންކަމުން އެ ކެމްޕެއިންނަކީ ރަށްރަށުގެ ތަރައްގީއާއި، ރަށްރަށުން ލިބެންވާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެމްޑީޕީން އެދޭފަދަ ކައުންސިލެއް ރަށްރަށުގައި ގާއިމުކުރުމަށް ކުރާ މަަސައްކަތުގެ ތެރެއިން ކެމްޕެއިންގެ ނަމުގައި ކުރާ މަސައްކަތެއްކަން ލަތީފް ފާހަގަކުރެއްވިއެވެ.

ލަތީފް އިތުރަށް ވިދާޅުވީ މި އިންތިހާބުވެސް ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށާއި ރައްޔިތުން އެދޭފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި އަނެއްކާވެސް އެޕްޑީޕީގެ ކައުންސިލްތަކެއް ގާއިމު ކުރެވިގެންދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް