ads
ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު---
ޕީޕީއެމްއަކީ ކޮން ބަޔެއްކަން ރައްޔިތުން ދަނޭ: ޝުޖާއު
ވޯޓު ހޯދަން މަސައްކަތް ކުރާނީ ރައްޔިތުންގެ ގައިގައި ފިރުމައިގެން ކަމަށާއި އެމްޑީޕީ އާއި ޕީޕީއެމްއަކީ ކޮން ބަޔެއްކަން ދިވެހި ރައްޔިތުން ދަންނަ ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު ވިދާޅުވީ ވޯޓު ހޯދަން މަސައްކަތް ކުރާނީ ބޮޑު ވާހަކަަ އާއި ނުފުދޭ ވައުދު ނުވެ އިހްލާސްތެރިކަމާއިއެކު ރައްޔިތުންގެ ގައިގާ ފިރުމައިގެން ކަމަށެވެ. 

ޕީޕީއެމް އާއި އެމްޑީޕީއަކީ ކޮން ބައެއްކަން ދިވެހިން ދަންނަ ކަމަށާއި "ބޮޑު ހުޅުޖަަހަނީ ކޮން ބަޔެއް ކަމާއި، ބިޔަ މަޝްރޫއު ހިންގީ ކޮން ބަޔެއްކަން" ވެސް ރައްޔިތުން ދަންނަ ކަަމަށް ޝުޖާއު ވިދާޅުވިއެވެ. 

އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ މަަސައްކަތް މިހާރު އިލެކްޝަން ކޮމިޝަނުން ފަށާފައިވާއިރު އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ވެސް އެ ކޮމިޝަނުން މިހާރު އޮތީ ޕާޓީތަކަަށް ހުޅުވާލާފައެވެ. 

އެއާއިއެކު ވާދަވެރި ޕީޕީއެމް އަދި އެމްޑީޕީވެސް ދަނީ ކެމްޕެއިންގެ މަސައްކަތް ރަސްމީކޮށް ފަށައި އެ މަަސައްކަތް ކުރަމުންނެވެ. ކެމްޕެއިން ފޯރީގައި ދެ ޕަޓީން ވެސް ދަނީ ބަހުގެ ހޫނު ހަމަލާތައް އެއް ޕަޓީ އަނެއް ޕާޓީއަށް ރައްދުކޮށް މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އެގޮތުން އިންތިހާބުން ދެރަވާނެ އެއްވެސް ގޮތެއް އޮތްތޯ ވަރަށް ހިސާބު ޖެއްސެވި ކަމަށާއި އިންތިހާބުން ދެރަވާނެ އެއްގޮތެއްވެސް ނެތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ކައުންސިލް އިންތިހާބުގެ ހިސާބު ހެދި އިރު، މާލޭގެ ހުރިހާ ގޮނޑިއެއްވެސް، އައްޑޫގެ ހުރިހާ ގޮނޑިއެއްވެސް، ކުޅުދުއްފުށީ ހުރިހާ ގޮނޑިއެއްވެސް، ފުވައްމުލަކު ހުރިހާ ގޮނޑިއެއްވެސް، ތިނަދޫ ހުރިހާ ގޮނޑިއެއްވެސް، ހިންނަވަރު އަދި ނައިފަރު ހުރިހާ ގޮނޑިއެއްވެސް ލިބޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. 

އަދި ޖުމުލަކޮށް ބަލާނަމަ ރާއްޖޭގައި ތަންކޮޅެއް އާބާދީ ބޮޑު 27 ރަށެއް އޮންނަކަމަށާއި، އެއީ ޝައްކެއްވެސް ނެތް ގޮތުގައި އެމްޑީޕީން ގޮނޑި ނަގާނެ ރަށްރަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މި އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދެއްވާނެ އެއްވެސް ދިވެއްސަކު ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

އޭގެ އިތުރުން ޕީޕީއެމުން ބުނަމުން ދަނީ މި އިންތިހާބާއި ކުރިމަތި ލާވޭނެ ވަރުގެ ހިތްވަރު ސަރުކާރުގެ ނެތްކަމަށެވެ. އަދި ކޮވިޑް-19 ބަހަނާއަަކަށް ދަށްކާގެން އިންތިހާބު ފަސްކޮށް، ކެމްޕެއިން ކުރުމުގެ ހަމަހަަމަ ފުރުސަތު ނުދީ ހިފަހައްޓަމުން ދަނީވެސް މި އިންތިހާބުން ސަރުކާރު ބަލިވާނެކަން އެގޭތީކަމަށްވެސް އިދިކޮޅުން ބުނެއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް