ads
ސޯފީ--
ގްރެމީ އެވޯޑަށް ނޮމިނޭޓްވި ލަވަކިޔުންތެރިޔާ ސޯފީ މަރުވެއްޖެ
ގްރެމީ އެވޯޑަށް ނޮމިނޭޓްވި ޕޮޕް ލަވަކިޔުންތެރިޔާ ސޯފީ ޒިއޯން އުމުރުން 34 އަހަރުގައި ދިމާވި އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

ސޯފީގެ ރިކޯޑް ލޭބަލް ޓްރާންސްގްރެސިވްގެ ބަޔާނެއްގައި ބުނީ ސޯފީ އުސް ތަނެއްގެ މައްޗަށް އެރީ ހަނދު ބަލާލަން ކަމަށާއި އެތަނުން ކައްސާލައިގެން ވެއްޓި އޭނާ މަރުވެފައިވާ ކަމަށެވެ. 

އޭނާ މަރުވީ ދަންވަރު 04:00 ހާއިރު ގްރީކްގެ ވެރިރަށް އެތެންސްގައި އޭނާ ދިރިއުޅޭ ގޭގަ އެވެ.

ސޯފީ ވަނީ މެޑޯނާ އަދި ޗާލީ އެކްސީއެކްސް ފަދަ އާޓިސްޓުންނާއެކު މަސައްކަތްކޮށް ކާމިޔާބު ލަވަތައް އުފައްދާފަ އެވެ.  

އޭނާ މިއުޒިކް އިންޑަސްޓްރީއަށް ތައާރަފުވީ 2018 ވަނަ އަހަރު ނެރުނު އަލްބަމަކުންނެވެ. އެ އަލްބަމް ގްރެމީ އެވޯޑަށް ވެސް ނޮމިނޭޓްވި އެވެ.

ސޯފީ މަރުވުމާ ގުޅިގެން އެކި ލަވަކިޔުންތެރިން ދަނީ ހިތާމަފާޅު ކުރަމުންނެވެ. އެގޮތުން ސޭމް ސްމިތާއި، ކްރިސްޓީން އަދި ކުއީންސް ފާހަގަކުރެވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް