ads
ކޮވިޝީލްޑް ވެކްސިން ---
ވެކްސިނާ ގުޅޭ ނުރަނގަޅު މައުލޫމާތު ފެތުރުމީ ކުޅެވޭ ނުރައްކާ ގޭމެއް: މަބްރޫކު
ވެކްސިނާ ގުޅޭ ނުރަނގަޅު މައުލޫމާތު ފެތުރުމީ ކުޅެވޭ ނުރައްކާ ގޭމެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ވީޑިއޯއެއް އަދި ސޯޝަލް މީޑިއާގައި އިދިކޮޅުން ހިއްސާކޮށްފައިވާ ފޮޓޯއެއް ރައީސް އޮފީހުގެ މީޑިއާގްރޫޕުގައި ހިއްސާކުރައްވަމުންނެވެ.

އިދިކޮޅު ޕާޓީއެއްގެ މެމްބަރަކު ހިއްސާކޮށްފައިވާ މި ފޮޓޯގައި، ރައީސް ސޯލިހުގެ ގަޔަށް ޖެއްސެވީ ފައިޒާ ވެކްސިން ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ. އަދި ހެއްކަކަށް ދެއްކީ ކޮވިޝީލްޑް ވެކްސިންގެ ފޮޓޯއަކާ، ރައީސް ސޯލިހުގެ ގަޔަށް ޖެއްސެވި ވެކްސިން ޑޯޒް ކަމަށް ބުނާ ފުޅިއެއްގެ ފޮޓޯއެކެވެ. 

މި ފޮޓޯގައި ދެފުޅީގެ މަތިގަނޑު ތަފާތެވެ. އެގޮތުން ކޮވިޝީލްޑް ވެކްސިންގެ މަތިގަނޑުގައި ފެހި ބައެއް އިނދެ، ރައީސް ސޯލިހުގެ ގަޔަށް ޖެއްސެވި ކަމަށް ބުނާ ވެކްސިން ޑޯޒުގެ ފޮޓޯގައި އިން ފުޅީގައި ރިހި މަތިގަނޑެއް އިންނަ ތަން ފެނެއެވެ. އަދި ފައިޒާ ވެކްސިންގެ މަތިގަނޑި ހުންނަނީ މިހެން ކަމަށް ބުނެ އޭގެ ފޮޓޯގަނޑެއްވެސް ވަނީ ހިއްސާ ކޮށްފައެވެ.

your imageސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯ ---

މަބްރޫކް ހިއްސާ ކުރެއްވި ވީޑިއޯގައި ފެނިގެންދަނީ ކޫލަރުން ވެކްސިން ޑޯޒު ނަގާތަނެވެ. ސޯޝަލް މީޑިއާގައި ކޮވިޝީލްޑް ވެކްސިން ޖަހާފައި ސާޗް ކުރުމުން ފެންނަނީ ފުޅީގައިރިހި މަތިގަނޑެއް އިންނަ ތަނެވެ. އަދި އޭގެ މަތީ ފެހި މަތިގަނޑެއް އިންދެއެވެ. މަބްރޫކް ހިއްސާ ކުރި ވީޑިއޯއިން ފެންނަނީ މި ވެކްސިނެވެ. ގައިމުވެސް މިކަމާ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަންވީ ސަބަބެއް ނުފެނުނެވެ.

ގައިމުވެސް މި ވީޑިއޯ ހިއްސާކޮށް މަބްރޫކު ބުނީ ރަނގަޅު ވާހަކަ އެކެވެ. މިއަދު ރާއްޖޭގައި ދޭން ފެށި މި ކޮވިޑް ވެކްސިނަކީ އާންމު ސިއްހަތާ ގުޅިފައިވާ އެއްޗެކެވެ. މި ވެކްސިނާއި ގުޅުވައިގެން ނުރަނގަޅު މައުލޫމާތު ފެތުރުމީ ކުޅޭ ނުރައްކާތެރި ގޭމެއްކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ.

މިފަދަ ނުރަނގަޅު މައުލޫމާތު ފެތުރުން ހުއްޓުވުމަށް މަބްރޫކު ވަނީ ނޫސްވެރިންގެ އެހީއަށް އެދިފައެވެ. އަދި ވެކްސިނާއި ގުޅިގެން ރަނގަޅު މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް އެހީތެރިވެދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

69%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް