ads
އިމްރާން ވެކްސިން ޖައްސަވަނީ--
ވެކްސިން ޖެއްސެވުމަށްފަހު މިނިސްޓަރު އިމްރާންގެ އަގުހުރި ނަސޭހަތެއް!
މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވެކްސިން ޖައްސަަވައިފި އެވެ

ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު އެ ވެކްސިން ޕްރޮގްރާމުގެ ދަށުން މިނިސްޓަރު އިމްރާން ވެކްސިން ޖައްސާފައިވަނީ މިއަދު އެވެ. 

ވެކްސިން ޖެއްސެވުމަށްފަހު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އިސްލާމް ދީން އިރުޝާދު ދޭ ގޮތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއީ ތިމާޔާއި ތިމާގެ އާއިލާގެ އިތުރުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްް ކަމަށެވެ. 

"ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އިސްލާމް ދީން އިރުޝާދު ދޭ ގޮތް. އެއީ ތިމާޔާއި ތިމާގެ އާއިލާގެ އިތުރުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްް. އަޅުގަނޑު ޖަހައިފިން" އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ އިތުރުން ސަރުކާރުގެ އިސް ސަފުގައި ހިމެނޭ ގިނަ ފަރާތްތަކުންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުންތަކެއް ވަނީ މި ވެކްސިން ޖައްސަވާފައެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ރާއްޖޭގައި އިއްޔެ ފަށާފައިވާއިރު، އިއްޔެ އެކަނިވެސް 282 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައެވެ.

ރާއްޖެއަށް މިހާތަނަށް ގެނެސްފައިވާ ހަމައެކަނި ވެކްސިނަކީ އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިނަކީ އޮކްފޯޑާއި އެސްޓްރެޒެނިކާގެ ދިރާސާގެ މައްޗަށް އުފައްދާފައިވާ ވެކްސިނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް