ads
އެޗްޑީސީގެ އާޓިކަލާއެކު ހިއްސާ ކޮށްފައިވާ ފޮޓޯ އެއް ---
ރާއްޖޭގެ އެންމެ އުސް އިމާރާތް ހުޅުމާލެ ފޭސް ދޭއް ގައި
ރާއްޖޭގައި މިހާތަނަށް އިމާރާތް ކުރާ އެންމެ އުސް ޓަވަރު ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކުރާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން މިހެން ބުނެފައިވަނީ ޓުއަރިޒަމް މިނިސްޓްރީން ނެރުނު "މޯލްޑިވްސް ޓުއަރިޒަމް ބުލެޓިން"ގެ ފެބްރުއަރީ 2021ގައި އެ ކޯޕަރޭޝަނުން ޝާއިއު ކޮށްފައިވާ އާޓިކަލެއްގައެވެ.

އެގޮތުން ހުޅުމާލެ ފޭސް ދޭއްގައި އެޅުމަށް ނިންމާފައިވާ މި"ސްޓޭޓްމަންޓް ޓަވާރ" އަކީ ގާތްގަނޑަކަށް 150 މީޓަރު ދިގުމިނުގެ ޓަވަރެއް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި މި ޓަވަރުން ވަށައިގެންވާ މާހައުލު ވަރަށް ރީތިކޮށް ފެންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ މި އާޓިކަލްގައި ވާ ގޮތުން މި ޓަވަރު އެޅުމަށް ނިންމާފައިވަނީ ހުޅުމާޅެ ފޭސް ދޭއްގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޓޫރިޒަމް އައިލެންޑުގައެވެ. އަދި މި ޓަވަރަކީ ދިވެހިންގެ އިތުރުން ރާއްޖެއިން ބޭރުގެ މީހުންގެ ޝައުގުވެރިކަން އަތުލެވޭފަދަ ތަނަކަށްވާނެ ކަމަށް އުއްމީދު ކުރާކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

your imageއެޗްޑީސީގެ އާޓިކަލާއެކު ހިއްސާ ކޮށްފައިވާ ފޮޓޯ އެއް ---

މި ޓަވަރު އެޅުމަށް ހަމަޖައްސާފައިވާ، ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކުރުމަށް ނިންމާފައިވާ ޓުއަރިޒަމް އައިލެންޑު ވެގެންދާނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ފަތުރުވެރިކަމަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމުގައި މުހިއްމު ރޯލެއް އަދާ ކުރާ ވަސީލަތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ. 

އެގޮތުން 150 މީޓަރުގެ "ސްޓޭޓްމަންޓް ޓަވަރު"ގެ އިތުރުން މި ޓުއަރިޒަމް އައިލެންޑުގައި ލަގްޒަރީ ހޮޓާތައް ތަރައްގީ ކުރާނެ ކަމަށާއި، މީގެ އިތުރުންވެސް ލަގްޒަރީ ވިލާތަކާއި މެދު އަދި އެންމެ މަތީ ފަންތީގެ އެޕާޓްމަންޓު ތަރައްގީ ކުރާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި ދުނިޔޭގެ މަޝްހޫރު އެކި ބްރޭންޑްތަކުގެ ރީޓެރިލް އައުޓްލެޓުތަކާއި ރެސްޓޯރަންޓުތައް ޓުއަރިޒަމް އައިލެންޑަށް ގެންނާނެ ކަމަށް އެޗްޑީސީގެ މި ލިޔުމުގައި ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ ޓުއަރިޒަމް އައިލެންޑަށް އިންވެސްޓު ކުރަން ބޭނުންވާ މީހުންނަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް