ads
ލިވަޕޫލްގެ ކޯޗް ކްލޮޕް
ޗެމްޕިއަން ލިވަޕޫލް ބްރައިޓަން އަތް ދަށުވެއްޖެ
އިނގިރޭސި ޕްރިމިއަ ލީގުގެ ޗެމްޕިއަން ލިވަޕޫލް ބްރައިޓަން އަތުން ބަލިވެއްޖެއެވެ. ބުދަ ދުވަހުގެ ރޭ ބްރައިޓަން އަތުން ލިވަޕޫލް ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ.

މިއީ ޕްރިމިއަ ލީގުގެ ތާރީހުގައިވެސް ބްރައިޓަންއަށް ލިވަޕޫލްގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ.

މެޗުގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ސްޓީވެން އަލްޒާޓޭ އެވެ. މިއީ ލީގުގައި އެންފީލްޑްގައި ލަނޑެއް ނުޖެހި ލިވަޕޫލްގެ ޖެހިޖެހިގެން ތިންވަނަ މެޗެވެ. 

އެންފީލްޑްގައި ލިވަޕޫލް މި އަހަރުވެސް އަދި މޮޅު ނުވެއެވެ. އެންމެ ފަހުން އެންފީލްޑްގައި ލިވަޕޫލް މޮޅުވީ ޑިސެމްބަރު މަހުގެ ސޯޅަވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް