ads
މިނިސްޓަރު އިމްރާން އަބްދުﷲ--
ރައްޔިތުންގެ ރައްކާތެރިކަމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ފެނިއްޖެ: އިމްރާން
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެނިއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައި ވަނީ، މިދިޔަ އަހަރުގެ ތެރޭގައި، ގުރޫޕް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައި ނުވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން އިމްރާން ވެސް ވަނީ މާތް ﷲ ގެ ރަހުމަތްފުޅާއެކު މިދިޔަ އހަަރު ގްރޫޕު މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައި ނުވާކަން ފާހަގަަ ކުރައްވާފައެވެ.

މިއަހަރުގެ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވީ، ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، އެމަނިކުފާނުގެ އެންމެ އިސް ވާޖިބަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ސުލްހަވެރިކަމާއެކު ދިރިއުޅެވޭނެ، އަމާން މާހައުލެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުން ކަމަށާއި، އެކަން ކަށަވަރުކޮށްދިނުމުގައި، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސިފައިންނާއި، ދިވެހި ފުލުހުންގެ ހިދުމަތުގައި ހިމެނޭ އެންމެހައި ފުލުހުން އަންނަނީ، މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ.  

އެ ދެ މުއައްސަސާ ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު އުފެއްދުމަށްޓަކައި، ގާނޫނުތައް އިސްލާހްކޮށް، ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދުމަށް، މިދިޔަ އަހަރުގެ ތެރޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު ކަން ރައީސް ސޯލިހު މިއަދު ފާހަގަ ކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް