ads
ވީޑިއޯ ރިޕޯޓް:-
މިއީ ކަން ދެއްކުމެއް ބާ؟
ކޮވިޑް-19 ގައި އެއް އަހަރު އަހަރުމެން ކަޑައްތުކޮށް އަނެއް އަހަރަކާއި ކުރިމަތިލީއިރު މި ކުޑަކުޑަ ރާއްޖެ ކޮވިޑްގެ ނުރައްކާތެރިިކަމުން މިދަނީ ދުވަހަކަށް ވުރެ ދުވަހެއް ފިތި ބާރުވަމުންނެވެ. ސަލާމާތުގެ އައްސޭރިއަކަށް ދެވޭނެ ކަމުގެ އުއްމީދުގައި އެންމެން އަރައިގެން ދަތުރުކުރަމުން މިދާ އޮޑި މިދަނީ ފެތެމުންނެވެ. އުއްމީދުގެ އަލިކަމެއް ފެނި ސަލާމަތުގެ އައްސޭރިއަކާއި ކައިރިވެ ކައިރިވެ ހުއްޓާ ކޮންމެ ފަހަރަކުވެސް އޮޑީގެ މަންޒިލް ގެއްލި ކޮޅިގަނޑު އިތުރަށް ވަނީ ބާރެވެ.

އެހެންނަމަވެސް މި ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހަަމަ ކުޑަ ތަންކޮޅެއް ވެސް ހުއްޓާލާ ފަހަތަށް ޖެހޭ ތަނެއް ނުފެނެއެވެ. އެނެއްކާވެސް ގަދަވަމުންދާ ކޮޅިގަނޑުގައި ޖެހި ގެނބިގެން ނުދިޔުމަށް އެޗްޕީއޭއިން މިވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މާލޭ ސަރަހައްދުގައި އަނެއްކާވެސް ކާފިއު އިއުލާންކޮށް އެންމެ ކުރިން ލުއި ދިން ހުރިހާ ކަމަކުން މިހާރު މިވަނީ ފިޔަވަޅުތައް ވަރުގަދަކޮށް އެ ފިޔަވަޅުތައް އިއާދަކޮށްފައެވެ. އެގޮތުން ގްރޭޓާ މާލެ އޭރިއާގައި ކާފިއުގެ ވަގުތު ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އަށް ކުރިޔަށް އޮތް ދެ ހަފްތާއަށް އިތުރު ކުރިއިރު ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް އެއްގަމު އުޅަނދު ފަހަރު ދުއްވުންވެސް ވަނީ އެ މުއްދަތަށް މަނާކޮށްފައެވެ. 

މި ބޮޑު މާލޭގެ ހަލަބޮލި މާހައުލުން 8:30 ފެށިގެން ފަތިހު 4:30 އަށް އުޅަނދުފަހަރު ދުއްވުން މަނާވުމަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން އޭގެ އުނދަގޫތައް ފޯރާނެ ކަމެއްކަން ގައިމެވެ. މިފަދަ ޒަމާނެއްގައި އަދި ހާއްސަކޮށް މިފަދަ ބޮޑު ތަނެއްގައި އެންމެ ކައިރި ހުންނަ ފިހާރައަކަށް ވެސް ގޮސްލަން އަހަރެމެންނަށް ވަނީ އުނދަގޫ ކަމަކަށެވެ. މިކަން މިހެން އޮތް އިރު ޒަރޫރީ ބޭނުންތަކަށް މަގުމައްޗަށް ނިކުންނަ މީހާއާއި، އޮފީސްތަކުން ގެޔަށްދާ މީހުންނާއި، ފިނިކޮއްލަން ބީޗު ދޮށަށް ދާ މީހާއަށް މި އުސޫލަށް ބޯލެނބޭނެ ގޮތަކީ ހަމަ ނެތް ގޮތެކެވެ. އެހެންނަމަވެސް ބަލިމަޑުކަމެއްގައި "ހަންނޮޅެމުން ދާ" ދަނޑިވަޅެއްގައި މިއީ ގުރުބާނީތަކެއްވެސް ވާންޖެހޭ ދަނޑިވަޅެއްވެސް މެއެވެ. "އޮޕްޝަނެއް" އޮތްކަމެއް ވެސް ނޫނެވެ. 

އެހެންނަމަވެސް އެންމެ ކުޑަމިނުން ބޭރަށް ނިކުންނަ އިރު "މާސްކެއް އަޅާލުމަށް ނުވަތަ ސެނެޓައިޒް ކޮށްލުން" ވެސް އެއީ ބުރަ ކަމަކަށްވާ އަހަރެމެންނަށް މިފަދަ އުސޫލަކަށް ބޯލެނބުން ވީ ވަރަށްވެސް އުނދަގޫ ކަމަކަށެވެ. މަގުމަތިތަކަށް ބަލާލުމުން އަދިވެސް ހަމަ އުޅަނދުފަހަރު އަށެއްގެ ފަހުން ވެސް ދެކޮޅަށް ހަރަކާތްރިވާތަން ފެނެއެވެ. ފުލުހުން ވަރުވަރުން ޖޫރިމަނާ ކުރާއިރުވެެސް މިކަން އޮތީ މިހެންނެވެ. ވެދާނެއެވެ. އެކަކު ކުރާތީ އަނެކަކުވެސް ކުރަނީއެވެ. ތެދެކެވެ. އޭނާ ކުރަންޏާ މަށަށް ނުކުރެވެންވީ ކީއްވެތޯ އެވެ. މިސާލު ދައްކާދޭނެ ބަޔަކުވެސް ނެތީއެވެ.

މި ހާލަތުގައި ނަމޫނާ ދައްކަން އޮތް ބަޔަކީ ސިއްހީ މާހިރުންނެވެ. ސިޔާސީ ބޮޑެތި ބޭފުޅުންނެވެ. އެހެންނަމަވެސް މި ބޭފުޅުންވެސް ހަމަ ހިނގަނީ އެއް މަގަކުންނެވެ. އެއް ބަޔަކު ނަސޭހަތް ދީދީފައި ވެސް ނިކުންނަނީ މަގުމައްޗަށެވެ. އިހްތިޖާޖްތަކަށެވެ.  

ދެން އޮތް ބަޔަކީ ސަރުކާރުގެ ފަރާތްތަކުންނެވެ. ސަރުކާރުގެ މުއައްސަސާތަކެވެ. ހާއްސަކޮށް ގައުމުގެ ރައީސްއެވެ. ދައްކަން މި އުޅެނީ މިވާހަކައެވެ. ރައީސް މިވަނީ މިކަމުންވެސް މިސާލު ދައްކަވާފައެވެ. ކަންކަން ހައްލުކުރަން ތިބި މީހުންވެސް އަމަލާއި ބަސް ދިމާނުވާތީ ރައީސް މިދަނީ އަމަލުން އެކަން ދައްކަމުންނެވެ. ހަމައެކަނި މުހިންމީ ބޮޑު މޭޒު ދޮށުގައި ތިބެގެން ވަގުތުތަކެއް ބޭކާރުކޮށް ގައިޑްލައިންތަކެއް ހެދުމެެއް ނޫންކަން ރައީސް މިފަހަރު ބުނެދެއްވީ ގައިޑްލައިންގައި ވާގޮތަށް އަމިއްލަފުޅަށް ހިންގަވާފައި ގެޔަށް ވަޑައިގަންނަވަމުންނެެވެ. ބޮޑު ކާރުކޮޅުގައި ގެޔަށް ވަަޑައިގެންނެވުމުގެ ބަދަލުގައި އަނބިކަނބަލުންނާއި އެކީ ވަޑައިގެންނެވީ ހިންގަވާފައެވެ. ގައިޑްލައިންނާއި އެއްގޮތަށް އަމަލުކުރެވުމީ އެމަނިކުފާނަށް މާބޮޑު ކަމަކަށް ނުވާއިރު އަޅުގަނޑުމެންނަށް އޮތީ ކޮން އުޒުރެއްތޯއެވެ؟ 

މި ދެއްކެވި ފުރިހަމަ މިސާލަށް ފަހު ވެސް އިދިކޮޅުން ބުނަމުން ދިޔައީ މިއީ ދެއްކުމެއް ކަމަށެވެ. ވެދާނެ އެވެ. އަދި އެހެން ނުވެވެސް ދާނެއެވެ. ރައީސް މިސާލު ދެއްކެވީ ހަމައެކަނި މި ކަމަކުން ވެސް ނޫނެވެ. މި ހާލަތުގައި ދެ ފުށަށް ހަން ނޮޅެމުން ދަނިކޮށް އުންމީދުގެ އަލިކަމެއް ފެންނަން ފެށީ ކޮވިޑް-19 އިން ރައްކާތެރިވުމަަށް އަވައްޓަރި އިންޑިއާއިން ހަދިޔާ ކުރި ކޮވީޝީލްޑް ވެކްސިން އާއިއެކުއެވެ. ލިބުނު ފުރުސަތުގައިި މި ކޮޅިގަނޑުން ސަލާމަތްވުމަށް ސަރުކާރުން އަވަސްވެގަތީ ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދީ މި ހާލަތު ބަދަލުކުރުމަށެވެ. އެހެން ނަމަވެސް ވެކްސިނާއިމެދު ރައްޔިތުންގެ ހުރި ބިރުވެރިކަން ފިލުވުމަށް އެންމެ ފުރަތަމަ ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެން އަމިއްލަ އަށް ދުރުވެ ވެކްސިން ޖައްސަވާ އެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.

މިއަދު އޭގެ ތިން ދުވަސް ފަހުން 3000 އަށް ވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާ އިރު އެ ފަރާތަތަކަށް އެ ޔަގީންކަން ލިބި ހިތްވަރެއް ލިބިގަތީ ރައީސް ދެއްކެވި މިސާލުން ކަމަށްވުންވެސް އެކަށީގެންވެއެވެ. އޭރުވެސް އިދިކޮޅުން ބުނީ އެއީ ކަންދެއްކެވުމެއް ކަމަށެވެ. މިއަދުވެސް ހަމަ އެބުނަނީ އެހެންނެވެ. އެހެންކަމުން މިއަދު މަގުމަތީ ހިންގަވާފައި ގެޔަށް ވަޑައިގެންނެވީ ކަންދެއްކުމަށްޓަކައި ނަމަވެސް ރައީސް ދެއްކެވީ ހަމަ ނަމޫނާއެކެވެ. އެކަމުން އެތައް ބަޔަކު ނަމޫނާ ނަންގަވާނެ ކަމާއިމެދު ޝައްކެއް ވެސް ނެތެވެ. 

75%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް