ads
މޯލްޑިވިއަން ޓިކެޓިންގް އޮފީހެއްގެ ތެރެ ---
މޯލްޑިވިއަންގެ ޓިކެޓް އޮފީސް ބަންދުކޮށް، ހިދުމަތްތައް އޮންލައިންކޮށްފި
ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓިންގް އޮފީސް މިއަދުން ފެށިގެން ހުރިހާ ދުވަހެއްގައި ބަންދު ވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވިއަން އިން މިކަން އިއުލާނު ކޮށްފައިވަނީ އެ ކުންފުނިން ނެރުނު އިއުލާނެއްގައެވެ.

އެގޮތުން އެ ކުންފުނީގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

ޓިކެޓް އޮފީސް ބަންދު ނަމަވެސް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު މޯލްޑިވިއަންގެ ކޯލް ސެންޓާ އަދި ވައިބާ ޕްލެޓްފޯމުން ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން މި ހިދުމަތްތައް ލިބޭނީ ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 17:00 އަށް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

ބެލެވޭ ގޮތުގައި މި ބަދަލަކީ ކޮވިޑް 19ގެ ކޭސްތައް ގިނަވުމާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅިގެން މޯލްޑިވިއަން އިން އަޅާފައިވާ ފިޔަވަޅުތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް