ads
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ކޮމިޓީގައި ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް
އިސްތިއުފާ ދިންތާ އެއް އަހަރު: ޝިދާތާގެ އުދާސްތައް ބަންޑުން ކޮށްލައިފި!
ޖެންޑާ މިނިސްޓަރުކަމުގެ މަގާމުން ޝިދާތާ އިސްތިއުފާ ދިންތާ މިއަދަށް އެެއް އަހަރު ފުރުނީ އެވެ.

ޝިދާތާގެ އުދާސްތައް އޭނާ ވަނީ ސޯޝަލް މީޑިއާގައި ބަންޑުންކޮށްލާފައެވެ. 

އިސްތިއުފާ ދިންތާ އަހަރެއް ފަހުން ޝިދާތާ ވިދާޅުވީ، މި ސަރުކާރު ގެންނަން ބުރަކޮށް މަސައްކަތްކުރި އެކަކަށް އޭނާ ވާނެ ކަމަށެވެ. 

"ސަރުކާރު ގެނައީ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ގާއިމް ކުރަން. އެހެނަސް އަމިއްލައަށް ގަނައި ސަރުކާރަކުން އެންމެ ބޮޑު ހިތްދަތިކަމާ ބޭއިންސާފަކާ ކުރިމަތިލީ މީހަކަށް ވާނެ އަޅުގަނޑު،" - ޝިދާތާ-

އޭނާ ވިދާޅުވީ ކޯލިޝަނުގެ ހުރިހާ ލީޑަރުންގެ ހައްގުގައި އޭނާ މަސައްކަތްކުރި ކަމަށެވެ. އަދި ނަމަވެސް މިއަދު އޭނާ "މަގު މަތިކޮށް ބާކީ ކޮށްލާފައި ހުރުމަކީ" ކޯލިޝަނުގެ ހުރިހާ ލީޑަރުން ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށެވެ. 

"ސިޔާސީ ގޮތުން ފަހަަތަށް ޖެހުމުގެ ވިސްނުމެއް ނެތް،" -ޝިދާތާ-

މީގެ އެއް އަހަރު ދުވަސް ކުރިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާންއަށް އެ ތުހުމަތުތައް ކުރެވޭއިރު އެމްބެސަޑަރުކަން ދިން މައްސަލާގައި އިހުމާލުވާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅިއެވެ. 

އޭރު ޖެންޑާ މިނިސްޓަރަކަށް ހުންނެވީ ޝިދާތާއެވެ. ނަމަވެސް މައްސަލަ ކުރިއަށް ދަނިކޮށް ޝިދާތާ ވަނީ އިސްތިއުފާ ދެއްވާފައެވެ. 

އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ ޖަލްސާ އަށް ވަޑައިގެންނެވި 45 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް