އެ ދެމީހުން އެންގޭޖް ވެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ.
އޭރު ބުނެފައިވަނީ "ވަރަށް އަވަހަށް ކައިވެނި ކުރާނެ" ކަމަށެވެ.
ދެމީހުން ކައިވެނިކުރަން ހަމަޖެހިފައިވާ ތާރީހަކީ ފެބުރުއަރީ 21 ކަމަށް އެމީހުންގެ ގާތް މީހުންނަށް މިހާރު ވަނީ އަންގާފައެވެ.
އެންގޭޖްވުމުގެ ހަފްލާ ބޭއްވުމަށް ފަހު "ޝިދާތާ ސޯޝަލް މީޑިއާގައި އޭނާގެ ހިތް ވަނީ އުފަލުން ފުރިފަައި ކަމަށް ބުނެފައިވެ" އެވެ.
މި ދެ މީހުން ޑޭޓް ކުރާތާ ނުވަތަ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިން މަސް ވެފައިވާ ކަމަށް އެމީހުން ހާމަކޮށްފައިވެ އެވެ.