ads
ޑރ.މުއިއްޒުގެ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން..
އެހެން ކަމަކާ ދެން ވިސްނޭނީވެސް ގެދޮރެއް ލިބިގެން: ޑރ.މުއިއްޒު
ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެވެސް އަސާސީ ހައްގެއް ކަމަށާއި، އެހެން ކަމަކާއި ދެން ވިސްނޭނީވެސް ގެދޮރެއް ލިބިގެން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރެއްވުމަށް އެމަނިކުފާނުގެ ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

މުއިއްޒު ވިދާޅުވީ، މާލެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ ގެދޮރުވެރިކަން ކަމަށާއި، އެ އަމާޒަށް ވާސިލް ވުމަށް ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވައިދިނުމުގައި ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އެމަސައްކަތުގައި ރެއާއި ދުވާލު މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވި ކަމުގައިވިޔަސް ތައްޔާރަށް ހުންނެވިކަމަށް މުއިއްޒު ވިދާޅުވިއެވެ. 

ގެދުވެރޮކަން ކަށަވަރުކޮށްދިނުމަށް އެންމެ ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވީ އެމަނިކުފާނުގެ ހައުސިން މިނިސްޓަރުކަމުގެ ދަށުގައި ރައީސް ޔާމީންގެ ވެރިކަމުގައިކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ވާހަކަ ދައްކަވަނީ ނަތީޖާ ނެރެދިނުމުގެ ތަޖުރިބާގެ އަލީގައި ކަމަށެވެ. 

މުއިއްޒު ވިދާޅުވީ، ރައްޔިތުން އެދޭ ގޮތަށް މާލެއަކީ ރީތި، ހިތްފަސޭހަ ފެހި ތަނަކަށް ހަދައިދިނުމަށް ބޭނުންފުޅުވާ ކަމަށާއި، އެގޮތުން މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަޝްރޫއުވެސް މިހާރަށް ވުރެ ރަނގަޅަށް ހިންގަން ޖެހޭ ކަމަށާއި، ހަނި ގޯޅިތަކަށް ވެހިކަލްތަކަށް ނުވަދެވޭގޮތަށް އަދި ކުޑަކުދިންނަށް ނިކުމެ އުޅެވޭނެފަދަ ތަންތަނަށް ހަދަން ބޭނުންފުޅުވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މާލެސިޓީ މޭޔަރުކަމަށް ވާދަކުރައްވާއިރު ޑރ މުއިއްޒުގެ ކެމްޕޭންގެ ރަސްމީ ޝިއާރަކީ "ރައްޔިތުން އެދޭ އަމާޒަށް" މިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް