ads
އޭޑީކޭ ހޮސްޕިޓަލް--
ސީލިންގު ދަށުވި ކުއްޖާއަށް ދަނީ އެޗްޑީޔޫގައި ފަރުވާދެމުން
ބޮލަށް ސީލިންގު ވެއްޓުނު ކުއްޖާއަށް ދަނީ އޭޑީކޭގެ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) ގައި ފަރުވާދެމުން ކަމަށް އޭޑީކޭއިން ބުނެފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން އޭޑީކޭއިން ބުނެފައިވަނީ ބޮލަށް ސީލިންގު ވެއްޓިގެން ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާއަށް މާލެ ގެނައި 17 އަހަރުގެ ފިރިހެން ކުއްޖާގެ ހާލު ވަރަށް ކުރިޓިކަލް ކަމަށެވެ.

އަދި އެ ކުއްޖާގެ ހާލަތާ ގުޅޭ ގޮތުން ސާފުކޮށް އަދި އެއްޗެއް ބުނަން ނޭންގޭ ކަމަށް ވެސް އޭޑީކޭއިން ވަނީ ބުނެފައެވެ.

މަސައްކަތް ހުއްޓާލާފައި އޮތް ރިސޯޓަކަށް ދަތުރު ގޮސް އުޅުމުގެ ތެރޭގައި ހަދާ ނުނިމި ހުރި ރޫމެއްގެ ތެރޭގައި ސަކަރާތް ޖަހަމުން ދަނިކޮށް ބޮލަށް ސީލިންގް ވެއްޓިގެން 17 އަހަރުގެ ފިިރިހެން ކުއްޖަކު ވަނީ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އިއްޔެ ގެންގޮސްފައެވެ.

އެ ހާދިސާގައި އެ ކުއްޖާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ސާލިމް ވަނީ ވިދާޅުވެފައެވެ. އެގޮތުން ގިނަ ފްރެކްޗާތަކުގެ އިތުރުން ބޮލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ސާލިމް ވިދާޅުވި އެވެ.

އެ ކުއްޖާގެ ހާލަތު ގޯސްކަމުން އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް