ads
ރައީސް ވަހީދު-- ފޮޓޯ: އަވަސް
ގޯސް ކަމަށް ބުނި ވެކްސިން އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރު ވެސް ޖައްސަވައިފި
ރާއްޖެއަށް ގެނައި ވެކްސިނަށް އިދިކޮޅުން ފާޑުކިޔަމުން ދަނިކޮށް، އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެސް ކޮވިޑް 19 ވެކްސިން ޖައްސަވައިފިއެވެ.

ވަހީދު ވެކްސިން ޖެއްސެވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އިިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރު ވެކްސިން ޖެއްސެވި ނަމަވެސް، ދިވެހިރާއްޖެ ގެނައި އިންޑިޔާގެ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެއްޗްއޯ) ގަބޫލުކުރާ ވެކްސިނެއް ނޫން ކަމަށާއި އެ ވެކްސިން އޮތީ ތަހްލީލު ކުރުމުގެ މަރުޙަލާގައި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.

"ސަރުކާރުން މިހާރު ރާއްޖެ ގެނެސްފައިވާ ވެކްސިންއަކީ ޑަބްލިއުއެޗްއޯ އިން އަދި ގަބޫލުކުރާ ވެކްސިނެއް ނޫން ކަމަށް މި ކޯލިޝަނަށް ވަނީ މައުލޫމާތު ލިބިފައި،" އިދިކޮޅުން ވެކްސިނާއި ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.  

އެ ވެކްސިން އަކީ ތަހުލީލު ކުރުމުގެ މަރުހަލާގައި މިވަގުތު އޮތް ވެކްސިނެއް ކަމަށް ވެސް އިދިކޮޅުން ތުހުމަތު ކުރެއެވެ. 

"އެ ވެކްސިނަކީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ވެކްސިން އެޕްރޫވްކުރާ ކޮމިޓީއިން ހުއްދަ ދީފައިވާ އެއްޗެއް ނޫން ކަމަށް ވެސް މި ކޯލިޝަނަށް މައުލޫމާތު ލިބިފައިވޭ،" އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

ވެކްސިން ޖެހުމުން އުފެދޭ ތަފާތު "ރިއެކްޝަންސް" ތަކާއި މެދު ސަމާލުވެ، ފަރުވާ ކުރެވޭނެ ގޮތްތައް ދެނެގަނެވިފައިވާ އެއްޗަކަށް އިންޑިއާއިން ފޯރުކޮށްދިން ވެކްސިން ވާން ޖެހޭނެ ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް