ads
ޑރ މުހައްމަދު އިޔާޒް އަދި މެމްބަރު އީވާ އަބްދުﷲ
ހަރާމް ހަލާލު ކަނޑައަޅާނީ މަޖިލީހަކުން ނޫން، ސައިޒް އޮޅިގެން ނޫޅޭ: ޑރ.އިޔާޒް
ހަރާމް ހަލާލު ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުން ލިބޭނެ ބާރެއް ނޫން ކަމަށާއި، ސައިޒް އޮޅިގެން މަޖިލިސް މެމްބަރުން ނޫޅުއްވުމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ގޮވާލައްވައިފިއެވެ.

ޑރ އިޔާޒް މިހެން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ގިނަ މެމްބަރުންތަކެއް، މިއުޒިކަކީ ހަރާމް އެއްޗެއް ނޫން ކަމަށާއި، މިއުޒިކް ހަރާމް އެއްޗެއްކަމަށް ކަނޑައެއް ނޭޅޭނެކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަ ދެއްކެވުމާއި ގުޅިގެންނެވެ. 

ޑި އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަލާލު ހަރާމް ކަނޑަ އެޅުން އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވީނަމަވެސް ލިބިގެންވާ ބާރެއް ނޫން ކަމަށާއި، އެކަން ކަނޑަ އަޅުއްވާނީ ﷲ އާއި ރަސޫލާ ﷺ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސައިޒް އޮޅިވަޑައިގެން ނޫޅުއްވުމަށް ނަސޭހަތްތެރިވާ ކަމަށްވެސް އިޔާޒް ވަނީ ވިދާޅުވެފައެވެ. 

އިޔާޒް މިހެން ވިދާޅުވީރު، ބައެއް ބާވަތުގެ މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ވިދާޅުވަމުންދާ ކަމަށާއި އިލްމުވެރިންނަށް އެހެން ވިދާޅު ނުވެވޭނެކަމަށްބުނެ ބައެއް މެމްބަރުން މިއަދުގެ ޖަލްސާގައި ވަނީ ވާހަކަ ދައްކަވާފައެވެ.  

71%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް