ads
ފޮޓޯ:އިރު
ރާޅުގެ އުސްމިން 6 ފޫޓު، ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އަންގައިފި
އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވެ، ރާޅުގެ އުސްމިން ހަ ފޫޓަށް އުފުލޭނެތީ އުތުރުގެ އަތޮޅުތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން އަންގައިފި އެވެ.

މެޓުން ބުނީ، އެންމެއުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށާއި އެހެންނަމަވެސް ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެކަމަށެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައްވެސް ގަދަވާނެކަމަށް މެޓުން ބުނެއެވެ. އޭގެ އިތުރުން އެންމެ އުތުރުގައި ދެ ފޫޓާއި ފަސް ފޫޓަށް އުފުލޭނެ ކަމަށް ލަފާކޮށްފައިވާއިރު އެހެން ހިސާބުތަކުގައި ތިން ފޫޓާއި ހަ ފޫޓަށް އުފުލޭނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.  

އެހެންކަމުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ. 

މެޓުން ފާއިތުވި 24 ގަނޑިއިރަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރާނެކަމަށާއި ގުގުރުން އެކަށީގެންވާކަމަށް މެޓުން ބުނެއެވެ. މެޓޫން ބުނީ އުތުރު އަތޮޅުތަކުގައި  ވިއްސާރަވިލާ މަދުވާނެ ކަމަށް ލަފާކުރެވޭކަމަށެވެ. 

އެންމެ އުތުރު އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެންމެ ދެކުނު އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށްވެސް މެޓުން ބުނެއެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް