ads
ފޮޓޯ:ޓައިމްސް އޮފް އައްޑު---
އުދައްޔުގެ މަރާ ގުޅުން ހުރި ތިން މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫގައި ރޭ ހިންގި މާރާމާރީއެއްގައި އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔު މަރާލި މައްސަލައިގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ތިން ދިވެހި ފިރިހެނުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ. 

ރޭ ހިންގި މާރާމާރީގައި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު މަރާލާފައިވާއިރު، އެ މާރާމާރީގައި ދެން ޒަހަމްވެފައިވަނީ މަރުވި އުދައްޔުގެ އެއްބަނޑު އެއްބަފާ ބޭބެއަށެވެ. މި ހަމަލާގައި އުދައްޔު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ވަނީ ބުނެފައެވެ. އުދައްޔުގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާއިރު، ފަސްވަރަކަށް އިންޗި ފުނަށް ވަޅި ހަރާ ޒަހަމްކޮށްލާފައިވާ ނިޝާންތައް ވެސް ހުއްޓެވެ. ފުރަގަހުން ވަޅި ހަރާފައިވަނީ ފުއްޕާމެޔާ ހިތާ ދިމާލުންނެވެ. 

އުދައްޔުގެ ބޭބެ އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް