ads
މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މެމްބަރުން ބްރޯޑްކޮމްއާއި ބައްދަލުކުރެއްވުން...
ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރަން 10 ނަމެއް މަޖިލީހަށް ފޮނުވައިފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް 10 ނަމެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުއްވައިފިއެވެ.

އެގޮތުން މިއަދު ރައީސް މަޖިލީހަށް ފޮނުއްވެވި ނަންތައް މަޖިލީހުގެ ތަޅުމުގައި ވަނީ އިއްވާފައެވެ. އެ ނަންތަކަކީ މުހައްމަދު ފަޒީން، ހޭޒްލީން/ ބ. ތުޅާދޫ، އައިޝަތު ޝިފްޒާ މުސްތަފާ، މާދަނޑު- އާސާން/ ޏ.ފުވައްމުލައް، ޝިފާ ތައުފީޤް ހ. ހާޖަރާގެ، އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު: ރސ1851، އަހުމަދު މޫސާ، ހ. އަބްސާވިލާ، ޒުބައިރު އަހުމަދު މަނިކު، ގ. މަލްބިނަބް، ހަސަން ރަޝީދު، ފްލާވާގެ/ސ. މަރަދޫ، އައިޝަތު ހުސައިން މަނިކު، ހ. ރީދޫކޮކާގެ، މުހައްމަދު ޝާމިން، އިރުދޭމާގެ، ގދ. ގައްދޫ ގެ އިތުރުން ހުސައިން އަމްރު، ވ.ރޯޝަން އެވެ.

އެ 10 ބޭފުޅުންގެ ތެރެއިން ވެސް ރައީސް އެންމެ އިސްކަން ދެއްވާފައިވާ ބޭފުޅާއަކީ މުހައްމަދު ފަޒީން އެވެ. ރައީސް އިސްކަން ދެއްވާ ތަރުތީބުން ފޮނުއްވާފައިވާ އެ ނަންތައް ދިރާސާކުރުމަށް ވަނީ ރައްޔިތުން މަޖްލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. 

ބްރޯޑްކޮމް އިން މެންބަރެއްގެ މަގާމު ހުސްވެފައި ވަނީ ޒީނާ ޒާހިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައި ވާތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް