ads
ފޮޓޯ: ޕީޕީއެމް
އައްޑޫގައި ކޮވިޑް ފެތުރެނީ ސަރުކާރުގެ އިހުމާލުން: އިދިކޮޅު
އައްޑޫ ސިޓީ ސަރަހައްދުގައި ކޮވިޑް 19 ފެތުރެން ފެށީ ސަރުކާރުގެ އިހުމާލުން ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އައްޑޫ ސިޓީގައި ހަލުވި ކަމާއެކު ކޮވިޑް 19 ފެތުރެމުން ދާތީ އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އައްޑޫ ސިޓީގައި ކޮވިޑް ފެތުރިގެންދިޔުން، އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި، އައްޑޫ ސިޓީގައި ކޮވިޑް ފެތުރިފައިވަނީ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަ ކުރުމުން ކަމަށެވެ. 

އަދި ސަރުކާރުގެ ފަރާތުން ކަންކަން ބަލަންވާވަރަށް ނުބެލޭ ކަމަށާއި، އައްޑޫގައި ކޮވިޑް ފެތުރިފައިވަނީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ސިޔާސީ އަދި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން ދަތުރު ކުރުމުގެ ހުއްދަ ދެމުން ގެންދިއުމުގެ ނަތީޖާކަމަށް ޕޮރޮގްރެސިވް ކޯލިޝަނުން ބުނެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިހެން ބުނިއިރު ސަރުކާރުން ވަނީ އައްޑޫގައި ކޮވިޑް ފެތުރިފައިވަނީ ސަރުކާރުގެ އިހުމާލުން ނޫން ކަމަށް ބުނެފައެވެ.

ކޮވިޑާ ގުޅިގެން އައްޑޫސިޓީގެ ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި، ސުކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުންވެސް ވަނީ ހުއްޓާލުމަށް އަންގާފައެވެ. ހަމައެއާއެކު، ހޮޓާ ކެފޭ ރެސްޓޯރަންޓުތަކުންވެސް ހިދުމަތް ދިނުން ހުއްޓާ ޑެލިވަރީގެ ހިދުމަތްތައްވަނީ ބަދަލު ކޮށްފަ އެވެ.

އަދި އައްޑޫގައި މިހާރު ވަނީ ރޭނޑު 8:00 ފެށިގެން ފަތިހު 4:30 ބަޔަށް ކާފިއުވެސް އިއުލާނު ކޮށް ފައެވެ.

އައްޑޫ ސިޓީން ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާއިރު، އައްޑޫގެ ކޭސްތަކާ ގުޅިގެން އައްޑޫ ސިޓީއާއި ތިނަދޫވެސް އޮތީ މޮނިޓަރިންގއަށް ލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް