ads
ފޮޓޯ-- މަޖިލިސް
އާއްމުންނަށް ވެކްސިން ދޭ މަރުކަޒެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުޅުވައިފި
ކޮވިޑް-19 އަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވެކްސިން ދޭން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ ވެކްސިން ދިނުން ކުރިއަށްދާނީ މިއަދުން ފެށިގެން ހެނދުނު 08:00 އިން އިރުއޮއްސި 18:00 އާއި ހަމައަށް ކަމަށެވެ. ވެކްސިން ދިނުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އޭޑީކޭ ގުޅިގެން ކުރިއަށް ގެންދާއިރު، ވެކްސިން ދެމުން ގެންދަނީ އާންމުންނަށެވެ.  

އަދި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ އިދާރާގައި ވެކްސިން ދިނުން ކުރިއަށްދަނީ ވެކްސިން ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށާއި ރާއްޖޭގައި ކޮންމެ ދުވަހަކު 6،000 މީހުންނަށް ވެކްސިން ދިނުމަށް ރައީސް ސޯލިހް ގެންގުޅުއްވާ އަމާޒަށް ވާސިލްވުމަށް މަޖިލީހުން ދެވެން އޮތް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

your imageފޮޓޯ: މަޖިލިސް

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ އިދާރާގައި ވެކްސިން ދެމުން އަންނަނީ އެކި ކަހަލަ ބަލިތައް ހުންނަ މީހުންނަށް ކަމަށާއި، ވެކްސިން ދެމުން އަންނަނީ އެޗްޕީއޭގެ ލިސްޓާ އެއްގޮތަށް ކަމަށެވެ. އަދި ވަރަށް އަވަހަށް މަޖިލީހުގެ މެންބަރުންނަށް ވެސް ވެކްސިން ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން އެއްވެސް ބައްޔެއް ހުރި މެންބަރެއް ނަމަ އެކަން ސިއްރު ނުކުރުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.މިހާތަނަށް 16،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް