ads
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
މިސަރުކާރަށް ކުރަން އެނގޭހާވެސް ކަމަކީ ޖިންސީފުރައްސާރަ އާއި ވައްކަން: ޝިޔާމް
މިސަރުކާރަށް ކުރަން އެނގޭހާވެސް ކަމަކީ ޖިންސީފުރައްސާރަ ކުރުމާއި ވައްކަންކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ، މިސަރުކާރުން ވައްކަންކުރާ މީހުންނާއި ޖިންސީ ފުރައްސާރަކުރާ މީހުން ފޮރުވާކަމަށް ތުހުމަތު ކުރައްވާފައެވެ. 

އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވަކަމަށް ދެކެވޭ ވަހަކަތަކަށް އަލިއަޅުއްވާލައްވައި ޝިޔާމް ވިދާޅުވީ، މިއީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި، މި ވެރިކަމުގައި ފެންނަމުން މިދަނީ ޖިންސީ ފުރައްސާރަކުރާ މީހާ ސީއައިޕީން ޓިކެޓު ނަގައިގެން ސީއައިޕީ ހިދުމަތާއި އެކުގައި ފުރައިގެންދާ މަންޒަރު ކަމަށެވެ. އަދި އެފަރާތްތަކުގެ ޕާސްޕޯޓް ހިފެހެއްޓޭތަނެއް ނުފެންނަ ކަމަށާއި، އޭގެ ބަދަލުގައި ކުދި ކުއްތައް ކޮށްގެން ތިބޭ މީހުންގެ ޕާސްޕޯޓް ހިފަހައްޓާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. 

"ޖިންސީ ފުރައްސާރަކުރާ، ދިވެހި ދައުލަތުގެ ވަޒީރުކަން ކުރައްވާފަ ތިއްބަވާ ބޭފުޅުން އެދަނީ ފުރަފުރައިގެން ރައްޔިތުންނަށް ފިލައިގެން ހިތުން ނޭންގޭނެކަމަށް" ޝިޔާމް ވިދަޅުވިއެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ ގަމާގުން ވަކިކުރެވުނު އަލީ ވަހީދު ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައިވާކަމުގެ ވާހަކަތަކެއް ފެންމަތި ވެފައިވާއިރު، މި މައްސައާ ގުޅޭ ގޮތުން އެމްއޭސީއެލްއާއި އޭވިއޭޝަން ކޮމާންޑުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އަދި ކަމާ ބެހޭ އެހެން އެއްވެސް އިދާރާއަކުން ވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް