ads
އަނަންޔާ---
މި ފޮޓޯ ފެނި ގިނަ ބައެއްގެ ހިތްތައް އަނަންޔާ އަށް!
ބޮލީވުޑުގެ ބަތަލު ޗަންކީ ޕާންޑޭގެ ދަރިފުޅު، އަނަންޔާ ޕާންޑޭ ދާދި ފަހުން ހިއްސާކުރި ފޮޓޯއަށް ގިނަބައެއްގެ ލޯ އަމާޒުވެއްޖެއެވެ.
ބޮލީވުޑުގެ ބަތަލު ޗަންކީ ޕާންޑޭގެ ދަރިފުޅު، އަނަންޔާ ޕާންޑޭ ދާދި ފަހުން ހިއްސާކުރި ފޮޓޯއަށް ގިނަ ބައެއްގެ ލޯ އަމާޒުވެއްޖެއެވެ.

އިންސްޓަގުރާމު މެދުވެރިކޮށް އަނަންޔާ ހިއްސާކޮށްފައިވާ އެފޮޓޯއިން އޭނާ ފެނިގެން ދިޔައީ އެއްވެސް މޭކަޕަކާ ނުލައެވެ. އެފޮޓޯއަށް ގިނަ ބައެއްގެ ލޯތަށް ހުއްޓުނުއިރު ގިނަ ބަޔަކު ވަނީ އަނަންޔާ މޭކަޕް ނުކޮށް ވެސް ވަރަށް ރީތި ކަމަށް ބުނެފައެވެ.


"ސްޓޫޑަންޓް އޮފް ދަ އިޔާ 2" އަކުން އަނަންޔާ ބޮލީވުޑަށް ތައާރަފުވިއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޕަތީ ޕަތްނީ އޯރް ވޯ" އިންނެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ ސެކެޓަރީއެއްގެ ރޯލުންނެވެ.

އެފިލްމުގައި އޭނާ އާއެކު ކާތިކް އާރިޔަން އަދި ބޫމީ ޕަޑްނޭކަރް ވެސް ފެނިގެންދާނެއެވެ. "ޕަތީ ޕަތުނީ އޯރް ވޯ" އަކީ މީގެ 40 އަހަރު ކުރިން ނެރުނު ފިލްމެއްގެ ރިމޭކްއެކެވެ. އެފިލްމުގެ ޑައިރެކްޓަރަކީ މުދައްސަރު އަޒީޒެވެ. ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް