ads
އަވަހަށް ހިކެން ބޭނުން ނަމަ ކުރަން ޖެހޭ ކަންކަން--
އަވަހަށް ހިކެން ބޭނުން ނަމަ މި ތިން ކަންތައް ކުރޭ
ބަރުދަން އިތުރުވެ ފަލަވުމަކީ ވަރަށް ގިނަ މީހުންގެ ކަންބޮޑުވުމެކެވެ. މިކަން ހައްލު ކުރަން ބޭނުންވެ އެކި ކަހަލަ ޑަޔަޓުތަކަށް އުޅުނު ނަމަވެސް ވަރަށް ގިނަ ފަހަރަށް ކާމިޔާބެއް ނުވެ އެވެ.

ބައެއް ޑަޔަޓުތަކުގެ ސަބަބުން މީހާގެ ބަނޑުހައިކަން ނުފިލާ ހުރެ އެވެ. ރަނގަޅު ޑަޔަޓެއް ދެމެހެއްޓުމަށް އުނދަގޫވާ އެންމެ ބޮޑު އެއް ސަބަބަކީ މިއީ އެވެ.

ނަމަވެސް ކާބޯހައިޑްރޭޓްސް މަދު ޑަޔަޓުތަކުން މިކަން ދިމާވާ މިންވަރު ކުޑަ ކަމަށް ހެލްތުލައިނުން ރިޕޯޓު ކުރެ އެވެ. މިފަދަ ޑަޔަޓަކުން ކޮށްދޭ ބައެއް ކަންކަމަކީ:

  • ގިނައިން ކާހިތްވާ މައްސަލަ ހައްލުކޮށްދިނުން
  • އަވަހަށް ބަރުދަން ދުއްވާލަން އެހީވުން
  • ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުކޮށްދިނުން

އަވަހަށް ބަރުދަން ދުއްވާލަން ބޭނުން ނަމަ ކުރަން ޖެހޭ އެންމެ މުހިއްމު ތިން ކަންތަކުގެ ތެރެއިން އެއް ކަމަކީ މިއީ އެވެ. ޑަޔަޓުން ކާބޯހައިޑްރޭޓްސް މަދު ކުރުމެވެ. 

ދެވަނަ ކަމަކަށް އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހެނީ ޕްރޮޓީންސް އިތުރުކޮށް މޭވާ އާއި ތަރުކާރީ އިތުރު ކުރުމަށެވެ.

ޕްރޮޓީން މުހިއްމު ވަނީ ބަރުދަން ދުއްވާލާއިރު ހަށިގަނޑުގެ ފެޓްސް އަދި މަސްލްސް ރަނގަޅު މިންވަރެއްގައި ހިފެހެއްޓުމަށެވެ. ޕްރޮޓީން އިތުރުވުމުން ލިބޭ ބައެއް ފައިދާތަކަކީ:

  • ކެއުމާ މެދު ވިސްނާ މިންވަރު ކުޑަވުން
  • ރޭގަނޑު ލަސްގަޑިތަކުގައި ކެއުން ކުޑަވުން
  • ގިނަ ވަގުތު ބަނޑުހައި ނުވެ ހުރުން

އަވަހަށް ހިކެން ބޭނުންވާ ނަމަ ވިސްނަން ޖެހޭ ތިންވަނަ ކަމަކީ ގިނައިން ހެލިފެލިވެ އުޅުމަށެވެ. އެގޮތުން ކޮންމެ ހަފްތާއަކު ވެސް މަދުވެގެން ދެ ތިން ފަހަރު ކަސްރަތު ކުރުން އެދެވިގެންވެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް