ads
އެރިޓްރެއާ އާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރުމަށް ބޭއްވި ރަސްމިއްޔާތު--
އެރިޓްރެއާ އާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފި
އުތުރު އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ އެރިޓްރެއާ އާއެކު ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފި އެވެ.

އެރިޓްރެއާ އާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމާ ގުޅޭ ޖޮއިންޓް ކޮމިއުނިކޭގައި ސޮއިކުރުން އޮތީ ނިއުޔޯކްގައި ހުންނަ ރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. 

ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން އެވެ. އަދި އެރިޓްރެއާގެ ފަރާތުން ސޮއިކުރެއްވީ އެރިޓްރެއާގެ ފަރާތުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ސޯފިއާ ޓެސްފަމަރިއަމް ޔޮހާނޭސް އެވެ. 

ދިވެހިރާއްޖެ އާއެކު އޮންނަ ގުޅުމަށް އިހްތިރާމް ކުރާ، އަދި އެ ގުޅުމުގެ އަގު ވަޒަންކުރާ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ހާރިޖީ ސިޔާސަތުގައި އިސްކަމެއް ދެއްވާ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. 

ރަތްކަނޑުގެ އައްސޭރީގައި އޮންނަ އެރިޓްރެއާ އަކީ އާބާދީގައި ގާތްގަނޑަކަށް 3.2 މިލިއަން މީހުން ހިމެނޭ، އަދި އިތިއޯޕިއާ، ސޫދާން، އަދި ޖިބޫތީ އާއެކު ސަރަހައްދީ އިން ހިއްސާކުރާ ގައުމެކެވެ. 

އެރިޓްރެއާ އާއެކު ސިޔާސީ ގުޅުން ގާއިމްކުރުމާއެކު ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކުގެ އަދަދަކީ 176 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް