ads
ހަސަން ސައީދު އަދި ހިސާން
ހަސަން ސައީދު ޖިންސީ ފުރައްސާރައެއް އޮއްބާލަން އުޅެގެން ފަނޑިޔާރުކަމުން ވަކިކުރަން ނިންމި
ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު، އެ އިދާރާގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދައުވާ އުފުލާފައިވަނިކޮށް ރާއްޖޭން ބޭރަށް ފުރަން ހުއްދަ ދެއްވި ގާޒީ ހަސަން ސައީދަކީ، ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން އުޅުނުކަން ޖޭއެސްސީއަށް ސާބިތު ވެގެން މަގާމުން ވަކިކުރަން ނިންމާފައިވާ ގާޒީއެއްކަން ޖޭއެސްސީގެ ތަހުގީގު ރިޕޯޓަކުން ހާމަވެއްޖެއެވެ.

ގާޒީ ހަސަން ސައީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން އުޅުނުކަން ސާބިތު ވެގެން އޭނާ މަގާމުން ވަކިކުރަން ނިންމާފައިވަނީ ޖޭއެސްސީގައި ރައީސް މުހައްމަދު ނަޝީދުވެސް އިންނަވައިގެންނެވެ. 

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ތިން މެންބަރުންގެ މައްޗަށް ހިމެނޭ ތަހުގީގު ކޮމިޓީއަކުން، 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހު، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލަފާދީފައިވަނީ އޭރު ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގެ މަގާމުގައި ހުންނެވި ހަސަން ސައީދު މަގާމުން ވަކިކުރުމަށެވެ. 

ޖޭއެސްސީގެ ތަހުގީގު ކޮމިޓީގައި ހިމެނިވަޑައިގަންވަނީ ރައީސުލް ޖުމްހޫރިއްޔާގެ މެންބަރުގެ ގޮތުން ޖޭއެސްސީގައި އިންނަވާ، އެ ކޮމިޝަނުގެ ނާއިބު ރައީސްކަމުގެ މަގާމުވެސް ފުރުއްވާ މަސްތޫރު ހުސްނީއާ، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އޭރު އިންނެވި އަބްދުއް ރައޫފު މުހައްމަދު އީސާފުޅެވެ. މި ތިން މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ހަސަން ސައީދު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީއަށް ލަފާދޭށެވެ.

ހަސަން ސައީދާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތަހުގީގު ރިޕޯޓްތައް މިހާރުވެސް ޖޭއެސްސީގެ ވެބްސައިޓުގައިވެސް އެބަހުއްޓެވެ.

އަލީ ވަހީދު ބޭރަށް ފުރުވާލުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަމަލުކުރައްވާފައިވަނީ ރަނގަޅަށްތޯ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ އަންހެން މެމްބަރުންތަކެއް މިއަދުވަނީ އެދިވަޑައިގެންފައެވެ. އޭނގެ ތެރޭގައި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިންވެސް ހިމެނިވަޑައިގަންނަވައެވެ. އެހެންނަމަވެސް އަލީ ވަހީދު ފުރުވާލުމަށް މެދުވެރިވި ގާޒީ ހަސަން ސައީދު ފަނޑިޔާރަކަމުގެ މަގާމުން ވަކިކުރަން ޖޭއެސްސީއަށް ލަފާ ދިނުމުންވެސް އެކަން ނުކޮށް، ހަސަން ސައީދު ފެމިލީ ކޯޓުން ކުރިމިނަލް ކޯޓަށް ބަދަލު ކުރި މައްސަލައާ ގުޅޭ ގޮތުން ޖޭއެސްސީގެ ރައީސް ހިސާން ވާހަކައެއް ނުދައްކަވައެވެ.

ހަސަން ސައީދާ ގުޅޭ ސުލޫކީ އެތައް މައްސަލައެއް ކުރިންވެސް ހުށަހެޅި އޭނާއަކީ ފަނޑިޔާރުކަމުގެ މަގާމުން ކުރިން ސަސްޕެންޑްވެސްކޮށްފައިވާ ގާޒީއެކެވެ. އެހެންނަމަވެސް މި ސަރުކާރުން ފަހުން އޭނާއަށް ކްރިމިނަލް ކޯޓުގެ ގާޒީކަން ދިނީއެވެ.

އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނަތްތެރިވި އަހްމަދު އަދީބު އަބްދުލްޣަފޫރު ދެމިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ޖަލަން ލާން ހުކުމްކުރީވެސް ގާޒީ ހަސަން ސައީދުއެވެ.

your imageޖޭއެސްސީގެ ތަހުގީގު ރިޕޯޓް

53%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
26%
ވަރަށް ސަލާމް
ކޮމެންޓްސް