ads
އައްޑޫ ސިޓީ
އައްޑޫ ކްލަސްޓާ: 172 ގެއެއް ކަރަންޓީންގައި!
އައްޑޫ ސިޓީގައި އުފެދި ބޮޑުވަމުންދާ ކޮވިޑް-19ގެ ކްލަސްޓާއާއި ގުޅިގެން މިހާތަނަށް 172 ގެ ކަރަންޓީން ކޮށްފައިވާ ކަމަށް އައްޑޫ އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުން އާއްމުކޮށްފައިވާ އެންމެ ފަހުގެ އައްޑޫސިޓީ ކްލަސްޓާ އާއި ގުޅޭ މައުލޫމާތު ތަަކުން ދައްކާގޮތުގައި އެ ކްލަސްޓާއާއި ގުޅިގެން މިހާތަނަށް 172ގެ ކަރަންޓީން ކޮށްފައިވާއިރު، 341 ޑައިރެކްޓް ކޮންޓެކްޓްސް ވަނީ ފާހަގަކުރެވިފައެވެ. އަދި މިހާތަަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 53 މީހުން ވަނީ ފެނިފައެެވެ. 

އެއީ ހިތަދޫއިން ޕޮޒިޓިވްވެފައިވާ 17 މީހަކާއި، މީދޫއިން ޕޮޒިޓިވްވެފައިވާ ހަތަރު މީހަކާއި އަދި، ފޭދޫއިން ހަތް މީހެއްގެ އިތުރުން ހުޅުދޫއިން 25 މީހުންނެވެ.

މީގެ އިތުރުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އެކަކަށް ފަރުވާދެމުންދާއިރު މިއަދު ވަނީ އިތުރު އެއް މީހަަކު މިބައްޔަށް ޕޮޒިޓިވްވެފައެވެ. 

އައްޑޫ ކްލަސްޓާއިން 53 އެކްޓިވް ކޭސް މިހާރު ވަނީ ފާހަގަކުރެވިފައެވެ.

އައްޑޫ އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދީފައިވާ ގޮތުގައި އައްޑޫގައި ކޮވިޑް ދެ ކްލަސްޓާއެއް ހިމެނޭއެެވެ. އެއީ ހުޅުމީދޫ އެމްޓީސީސީ ސައިޓުގެ ކުލަސްޓާއާއި އޭވިއޭޝަން ކްލަސްޓާ އެވެ. އޭވިއޭޝަން ކްލަސްޓާ އާ ގުޅުން ހުރި 310 މީހުން މިހާތަނަށް އައްޑޫ ސިޓީން ފާހަގަ ކުރެވިފައިވެ އެވެ.

މީގެ އިތުރުން ހުޅުމީދޫ އެމްޓީސީސީ ކްލަސްޓާ އާ ގުޅުން ހުރި، އެކަކަށް ހިތަދޫގައި ފަރުވާ ދެމުންދާ ކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ.

ކޮވިޑްގެ ކޭސަތައް ގިނަވަމުން ދިޔުމާއި ގުޅިގެން އެޗްޕީއޭއިން މިއަދު ވަނީ ފުވައްމުލަކުގައި ރޭގަނޑު 8 އިން ފަތިހު 4 ޖެހުމާ ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުމަކީ ވެސް މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑަޢަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް