ads
ވިސްޓާރާގެ ފްލައިޓެއް--
އިންޑިއާގެ އިތުރު އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ
އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑު ތަނުން މައްޗަށް ޖެހިފައި ވަނިކޮށް އެގައުމުގެ އިތުރު އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށަން ނިންމައިފި އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމްކޮށްފައިވާ އެއާ ޓްރެވަލް ބަބްލްގެ ތެރެއިން މުމްބާއީ އާއި ހުޅުލެއާ ދެމެދު ފްލައިޓް ފަށާނެކަން އިއްޔެ އިއުލާނު ކުރީ ވިސްޓާރާ އެއާލައިންސް އިންނެވެ. 

ވިސްޓާރާއަކީ އިންޑިއާގެ ޓާޓާ ގްރޫޕާއި ސިންގަޕޫރު އެއާލައިންސްގެ ޖޮއިންޓް ވެންޗާ އެކެވެ. އެ ކުންފުނިން ބުނެފައި ވަނީ މާޗް 3 އިން ފެށިގެން ރާއްޖެއަށް ދަތުރު ކުރާނެ ކަމަށެވެ.

އެ އެއާލައިނުގެ ދަތުރުތައް ކޮންމެ ހަފްތާއަކު ތިން ދުވަހު އޮންނާނެ އެވެ. އެއީ ބުދަ، ހޮނިހިރު އަދި އާދީއްތަ އެވެ. ވިސްޓާރާ ވާނީ ޕްރިމިއަމް އިކޮނޮމީ ކްލާސް އަދި ބިޒްނަސް ކްލާހުގައި މުމްބާއީއިން ރާއްޖެއަށް ދަތުރު ކުރެވޭ ފުރަތަމަ އެއާލައިނަށް ކަމަށް އެތަނުން ބުނެ އެވެ.

މިހާރު ވެސް އިންޑިގޯ އާއި ގޯއެއާއިން މުމްބާއީ އާއި ރާއްޖެއާ ދެމެދު ދަތުރުކުރެ އެވެ. އެކަމަކު އެ ދެ އެއާލައިނުން ވެސް ލިބެނީ ހަމައެކަނި އިކޮނޮމިކް ކްލާސް ޓިކެޓެވެ.

ވިސްޓާރާއިން ފަށާ ދަތުރުތަކުގައި ދެކޮޅު ޓިކެޓުގެ އަގުތައް ފަށަނީ 17،699 އިންޑިއާ ރުޕީޒް ނުވަތަ 3،499 ރުފިޔާއިންނެވެ.  

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން ގިނަ އެއާލައިންތަކުން ދަނީ އަލުން ދަތުރުތައް ފަށަމުންނެވެ. އޭގެ އިތުރުން އާ އެއާލައިންތަކުން ވެސް ދަތުރު ފަށަމުންދާކަން ފާހަގަކުރެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް