ads
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓާ ގުޅިގެން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހަށް ލިބުނީ ބުރާސްފަތި ދުވަހުގެ މެންދުރު 11:30 ހާއިރު ކަމަށް މީގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައި ވެއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ކޯޓުން އެ އަމުރު ބާތިލުކޮށް އަލުން ޕާސްޕޯޓް ހަވާލުކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބުދަ ދުވަހު އެވެ. މަބްރޫކު މިހެން ވިދާޅުވެފައިވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާކަމުގެ ތުހުމަތު ފެންމަތިވެފައި ވަނިކޮށެވެ. ޕީޖީން ވެސް ވަނީ އެފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

މި މައްސަލައިގައި ޕީޖީން އަންނަނީ ތަކުރާރުކޮށް ކްރިމިނަލް ކޯޓުން ފޯރުކޮށްދޭން ޖެހޭ ލިޔުންތައް ނުލިބޭ ކަމަށް ބުނަމުންނެވެ. އެގޮތުން އިއްޔެ ޕީޖީ ޝަމީމް ކުރެއްވި ޓުވީޓެއްގައި ވެސް ވަނީ އަލީ ވަހީދުގެ ޕާސްޕޯޓުގެ މައްސަލައިގައި ޖާމިނުވި ގޮތާ ބެހޭ ލިޔެކިޔުން އަދިވެސް ނުލިބޭ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަލީ ވަހީދުއަށް ޕާސްޕޯޓު ހަވާލު ކުރަން ނިންމުމުން ޕީޖީން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކޯޓުން ނިންމީ އޭނާއަކީ އެހެން ރިކޯޑެއް އޮތް މީހަކަށް ނުވާތީ، ޑޮކްޓަރުގެ ވާހަކަތަކަށް ބިނާކޮށް، މީހަކު ޖާމިނު ކުރުމަށް ފަހު ކަމަށެވެ. އަދި މިހާރު އޭނާ އިނގިރޭސިވިލާތަށް ގޮސްފައިވާކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. 

މި މައްސަލާގައި ޕީޖީން މީގެ ކުރިން ބުނެފައިވަނީ، ޖާމިނު ކުރުވަނީ ކާކުތޯ ޝަރީއަތުން ސުވާލު ކުރުުން އަލީ ވަހީދު ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ އަސްއަދު އަލީ (އަޑުބަރޭ) އޭނާއަށް ޖާމިނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. 

ޖާމިނުވިގޮތާއި ބެހޭ ލިޔެކިއުންތައް އަދިވެސް ލިބިފައި ނުވާ ކަމަށް ޕީޖީ ޝަމީމް ބުނެފައިވާއިރު، މި މައްސަލައިގައި އަލީ ވަހީދު ހުށަހެޅި މެޑިކަލް ރިކޯޑުތައް ވެސް، ދައުލަތުން އެދިފައިވީ ނަމަވެސް މިހާތަނަށް ދައުލަތަށް ލިބިފައި ނުވާ ކަމަށް ޕީޖީން ވަނީ މީގެ ކުރިން ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް