ads
————
މީޑިއާނެޓް މަލްޓި ސްކްރީންގެ ތައާރަފެއް!
15 ފެބުރުއަރީވާ ހޯމަދުވަހުގެރޭ ރާއްޖޭގެ ހުރިހާ ޗެނަލްތަކުން އަދި މީޑިއާނެޓް ސޯޝަލް މީޑިއާ މެދުވެރިކޮށް މީޑިއާނެޓް މަލްޓި-ސްކްރީންގެ ތައާރަފެއް ހިމެނޭ ވީޑިއޯއެއް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.

އެ ވީޑިއޯ މެދުވެރިކޮށް އޭގެ ފީޗާތަކާއި އަދި ރަޖިސްޓްރީވާނެ ގޮތާއި ސަބްސްކްރިޕްޝަން ޕްލޭންތައް ހުރިހާ ކަަސްޓަމަރުންނަށް އެނގިގެންދާނެއެވެ. 

މީގެ އިތުރުން ހޯމަދުވަހުގެ ރޭ 9:00 ގައި އަައިސްޓީވީ މެދުވެރިކޮށް ރޫމީ އަ ޖަންނަތުގެ ޑަބަލް އެޕިސޯޑު ބަލާލުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

ހުރިހާ ޑިވައިސްއަކުން ވެސް މީޑިއާނެޓް މަލްޓި-ސްކްރީން ބޭނުންކޮށްގެން ޓީވީ ޗެނަލްތައް ލައިވްކޮށް ބަލައިލުމުގެ އިތުރުން މީޑިއާނެޓް މަލްޓި-ސްކްރީންގައި އަމިއްލަ ކޮންޓެންޓް ލައިބްރަރީއެއް ހިމެނޭނެއެވެ.

އޭގެ ތެރޭގައި ޑިމާންޑާ އެއްވަރަަށް އެކްސްކުލޫސިވް އަދި އޮރިޖިނަލް ލޯކަލް ކޮންޓެންޓް ހިމެނޭނެ ކަމަށްވެސް މީޑިއާނެޓުން ވަނީ ބުނެފައެވެ.

ގޫގުލް ޕްލޭ ސްޓޯރާއި އެޕް ސްޓޯރުން މަލްޓި-ސްކްރީން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް