ads
ޖޭޒްމީން އަދި އަލީ
ޖޭޒްމީންއާ އަދި ކައިވެނި ކުރާކަށް ނޫޅެން: އަލީ
އަލީ ގޯނީ އަދި ޖޭޒްމިން ބާޝިން ރަށްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ވަނީ ވަރަށް ބޮޑަށް ބެލުންތެރިންގެ ތެރޭގައި ގަދަވެފައެވެ. ބިގްބޮސް 14 ގައި ވައިލްޑްކާޑު އެއްޓަރެންސް އެއްގެ ގޮތުގައި އަލީ ވަނީއްސުރެ އޭނާ އާއި ޖޭޒްމީންގެ ގާތްކަން ވަރަށް ބޮޑަށް ފާހަގަ ވެގެން ދިޔަ ކަމަށް ބިގްބޮސްގެ ފޭނުން ވެސް އިއްތިފާގު ވާނެއެވެ.

ދާދިފަހުން ޖޭޒްމީން ބިގްބޮސްގެ ގެއިން ބޭރުވެގެން ދިއުމާއެކު އަލީ ވަނީ އޭނާއާ ޖޭޒްމީންގެ ލޯބީގެ ވާހަކަތައް ހާމަކޮށްފައެވެ. އަދި ޖޭޒްމީންވެސް ވަނީ ބޭރުގައު ހުރެގެން އޭނާ އަލީގެ މަތިން ހަދާންވާ ވަރާ އަދި އަލީއަށް ވަރަށް ބޮޑައް ސަޕޯޓް ވެސް ކޮށްފައެވެ.

ޖޭޒްމީން އާއި އަލީގެ ބައެއް ލޯބީގެ ވާހަތައް ދައްކަމުން އަލީ ބުނެފައިވަނީ އޭނާ ބިގްބޮސްގެ ގެއިން ނިކުމެގެން ގޮސް ޖޭޒްމީންއާއި އެކީ ގިނަ ވަގުތު އަދި ހޭދަކުރަން ބޭނުން ވާކަމަށެވެ. އަދި ޖޭޒްމީން ނެތުމުން ވަރަށް ފަޅުކަން ވެސް އިހުސާސު ވާކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. 

ހަމަމިއާއެކު ޖޭޒްމީންގެ ދެކެ ލޯބިވާކަން ހާމަކުރަމުން އަލީ ބުނެފައި ވަނީ އޭނާ އަދި ޖެޒްމީންއާއި އިންނާކަށް ނޫޅެން ކަމަށާއި އަދި އިތުރު ވަގުތު ހޭދަކުރުމަށް ފަހު އޭނާ އާއި ޖޭޒްމީން ޒަވާޖީ ހަޔާތެއް ފަށަން ވިސްނާނީ ކަމަށް އަލީ ވަނީ ހާމަކޮށްފައެވެ.

.

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް