ads
ރައްޔިތުންގެ މަޖިލީހުގެ ފުލޯ: ފޮޓޯ މަޖިލިސް
އީސީގެ މެމްބަރުކަމަށް ޑރ. ޒާހިރު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
އިލެކްޝަން ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ޑރ. މުހައްމަދު ޒާހިރު އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޑރ. ޒާހިރު އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް އައްޔަން ކުރަން މިއަދުގެ މަޖިލީހުން ނިންމާފައިވަނީ ވޯޓުގައި ބައިވެރިވި 37 މެމްބަރުންގެ ވޯޓާއެކު އެވެ.

މިއަދުގެ މަޖިލީހަށް ހާޒިރުވި 39 މެންބަރުންގެ ތެރެއިން 37 މެންބަރުން ޑރ. ޒާހިރު އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދީފައިވާއިރު ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓުދީފައެއް ނުވެއެވެ. ޑރ.ޒާހިރު އައްޔަން ކުރުމަށް މަޖިލީހުން ބޭނުން ވަނީ 19 މެންބަރުންގެ ވޯޓެވެ. 

your imageޑރ. މުހައްމަދު ޒާހިރު ----

އީސީގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ޑރ. ޒާހިރު އައްޔަން ކުރެއްވުމަށް އޭނާގެ ނަން ފޮނުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށެވެ. އެގޮތުން ޑރ. ޒާހިރުގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުއްވާފައި ވަނީ އެ ޖަލްސާގައެވެ. އަދި އެ ކޮމެޓީން ޑރ. ޒާހިރަށް ރުހުންދީފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. 

އީސީގެ މެމްބަރުކަމުގެ މަގާމު ހުސްވެގެންދިޔައީ އެކޮމިޝަންގެ ނައިބު ރައީސްކަމުގައި ކުރިން ހުންނެވި އަހުމަދު އަކްރަމް އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އަކްރަމް މަގާމުން އިސްތިއުފާ ދެއްވީ އީސީ މުވައްޒަފުންތަކެއް އޭނާގެ މައްޗަށް ތުހުމަތުތަކެއް ކޮށް، މަޖިލީހަށް ހުށަހެޅި މައްސަލައެއް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އިލެކްޝަންސް ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ. އަދި އިލެޝަން ކޮމިޝަންގެ ގާނޫނު ބުނާގޮތުން، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް