ads
ފޮޓޯ:ސަން
މަޖިލީހުގެ ނޯޓިސް އަށް ގޮންޖަހާ އަނބުރާ ފޮނުވާލަނީ
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި ގުޅިގެން ޖަވާބުދާރީ ވުމަށް މަޖިލީހުން މަލީހަށް ފޮނުވި ނޯޓިސް ލިބިފައިވާ ކަމަށާއި އޭގައި ގާނޫނީ ގިނަ މައްސަލަތަކެއް ހުރުމުން މާދަމާ ނޯޓިސް އަބުރާ މަޖިލީހަށް ފޮނުވާލާނެ ކަމަށް މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވެއްޖެ އެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޖަވާބުދާރީ ވުމަށް އެ ވަޒީރަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެެވެ.

އެ ނޯޓިސް ލިބިފައިވާކަން ޔަގީންކޮށްދެއްވަމުން މަލީހު ވިދާޅުވީ އެ ނޯޓިސް ލިބިފައިވާ ކަމަށާއި ގަރާރު ތައްޔާރުކުރެއްވި އެމްޕީ ވަނީ މަޖިލީހުގެ 14 މެންބަރަކަށް އޮޅުވާލާފައި ކަމަށެވެ. އަދި އެކަމުގައި ސުލޫކީ ފިޔަވަޅު އަޅަންޖެހޭކަމަށާއި އެ ގަރާރަކީ ބާތިލް ގަރާރެއްކަމަށް މިނިސްޓަރު މަލީހު ވިދާޅުވިއެވެ. މިނިސްޓަރު މަލީހު ވިދާޅުވީ ވަރަށް ބޮޑެތި ގާނޫނީ މައްސަލަތައް ނޯޓިސްގައި އެބަހުރިކަމަށާއި ނަަން ވެސް ދިމާ ނުވާ ކަމަށެވެ. އަދި މާދަމާ އެ ނޯޓިސް އަބުރާ މަޖިލީހަށް ފޮނުވާލާނެ ކަމަށް މަލީހު ވަނީ ވިދާޅުވެފައެެވެ. 

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސުޕަ މެޖޯރިޓީ ލިބިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެދު ހެންވޭރުގެ މެމްބަރު އަލީ އާޒިމް އެވެ. އެމައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. މަލީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕީޖީން ނިންމާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ވެސް ފޮނުވި އެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ ޕީޖީއަށް މައްސަލަ ހުށަހަޅާފައިވަނީ ޖުމްލަ 10 މެމްބަރުންގެ ސޮޔާއިއެކު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް