ads
މިނިސްޓަރު މަލީހު-
ޖަވާބުދާރީވުމަށް މަޖިލީހުން މަލީހަށް ނޯޓިސް ފޮނުވައިފި
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި ގުޅިގެން ޖަވާބުދާރީ ވުމަށް މަޖިލީހުން މަލީހަށް ސިޓީ ފޮނުވާފައިވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސުޕަ މެޖޯރިޓީ ލިބިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެދު ހެންވޭރުގެ މެމްބަރު އަލީ އާޒިމް އެވެ.

މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާނެންގެވުމުން މަޖިލީހުގެ ރައީސް ދެއްވި ފުރުސަތެއްގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވަނީ މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިކަން ފާހަގަ ކުރައްވާ، އެ މުހުލަތު ފެށިފައިވާކަން މިހާތަނަށް މަޖިލީހުގައި ފާހަގަ ކޮށްފައި ނުވާކަން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.

މިކަމާ ގުޅިގެން ނަޝީދު ވިދާޅުވީ ޖަވާބުދާރީ ވުމަށް އެ ވަޒީރަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ. އަދި މިކަމުގައި ގާނޫނުގައިވާ ގޮތުގެ މަތިން އަމަލުކުރަމުން ދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. 

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. މަލީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕީޖީން ނިންމާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ވެސް ފޮނުވި އެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ ޕީޖީއަށް މައްސަލަ ހުށަހަޅާފައިވަނީ ޖުމްލަ 10 މެމްބަރުންގެ ސޮޔާއިއެކު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް