ads
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް--
ފްލެޓް ނުލިބުނު މީހުން ދެން އޮންނަ ސްކީމުގައި ބައިވެރިކުރާނަން: އަސްލަމް
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ނުލިބުނު ފަރާތްތައް، ސަރުކާރުން ދެން ކުރިއަށް ގެންދާ ސްކީމެއްގައި ބައިވެރިކުރާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ފްލެޓް ނުލިބުނު މީހުންނަށް ދެން އޮތް ސްކީމެއްގެ ދަށުން ފްލެޓް ޔަގީންވާނެތޯ މިއަދު މަޖިލީހުގައި ކުރެވުނު ސުވާލެއްގައި މިނިސްޓަރު ވިދާޅުވީ ފްލެޓް ނުލިބުނު ކޮންމެ މީހަކަށް ފްލެޓެއް ދޭނެ ކަމަށް ޔަގީންކަމާއެކު ދަންނަވަން ކެރިވަޑައިނުގަންނަވާ ކަމަށެވެ. 

އެހެންނަމަވެސް އެމީހުންގެ ހާލަތަށް ބަލައި ދެން އޮތް ސްކީމުގައި އެމީހުންނަކީ އެ ސްކީމަށް ކުރިމަތިލާފައިވާ ބައެއްގެ ގޮތުގައި ފުރުސަތު ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންނަމަވެސް މީގެ ދެ އަހަރު ފަހުން، އެއް އަހަރު ފަހުން، ހަމައެހެން ހާލަތެއްގައި އޭގެން މީހަކު ހުރެދާނެ. އެގޮތަށް އޮތް ކޮންމެ މީހަކީ ދޭނެ މީހެކޭ އަޅުގަނޑަކަށް ނުކެރޭނެ ދަންނަވާކަށް... އެހެންނަމަވެސް މި ދެންނެވީ އެ ސްކީމުގައި ބައިވެރިކޮށްދޭނަމޭ،" އސްލަމް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަން ފެށި 7000 ފްލެޓަށް އެދި 25000 އެއްްހާ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން އެންމެ ހައްގުވާ މީހުން ކަނޑައަޅައި، ފްލެޓްތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު މީގެ ދުވަސްކޮޅެއް ކުރިން އިއުލާންކުރިއިރު ލިސްޓާ ގުޅިގެން ވެސް ގިނަ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. 

މި ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ފްލެޓް ލިސްޓުގައި މައްސަލަތަކެއް ހުރިނަމަ އެ ލިސްޓު އިތުރަށް ބަލައި ހައްގުވެރި ފަރާތްތަކަށް ފްލެޓް ހަވާލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް