ads
މީޑިއާނެޓުގެ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ލިބޭ އިނާމުތައް---
މީޑިއާނެޓް ރޯދަ ޕްރޮމޯޝަން: ހަފްތާއަކު 15،000!
"މިޑިއާނެޓް ރޯދަ ހަދިޔާ 2021" ގެ ނަމުގައި މި އަހަރުގެ ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މީޑިއާނެޓުން މައުލޫމާތު ދިން ގޮތުގައި މި އަހަރުގެ ރޯދަ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ދެ މަސްދުވަހުގެ މުއްދަތަކަށެވެ. އެގޮތުން މި ޕްރޮމޯޝަން ފަށާފައިވަނީ މިމަހުގެ 14 ވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އަދި އޭޕްރީލް މަހުގެ 14 ގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.

އެގޮތުން މި ޕްރޮމޯޝަނުގައި ބައިވެރިވާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ތިން މީހަކަށް ގްރޭންޑް ޕްރައިޒް ލިބޭނެ ކަމަށް މީޑީއާނެޓުން ބުނެއެވެ. އަދި މި ޕްރޮމޯޝަނުން އަށް ނަސީބުވެރި ފަރާތަކަށް ވީކްލީ ޕްރައިޒް އަދި ދެ ނަސީބުވެރި ފަރާތަކަށް މަންތްލީ ޕްރައިޒް ލިބޭނެ ކަމަށް މީޑިއާ ނެޓުން ބުނެއެވެ.

މި ޕްރޮމޯޝަނާއެކު، ވީކްލީ ޕްރައިޒްގެ ގޮތުގައި ކޮންމެ ހަފްތާއެއްގެ ނަސީބުވެރި ފަރާތަކަށް 15000 ރުފިޔާގެ ގިފްޓް ވައުޗާ ލިބޭނެ ކަމަށް މީޑިއާނެޓުން ބުނެއެވެ. އެގޮތުން ވައުޗާ ބޭނުން ކޮށްގެން ރެއިންބޯ ލިވިންގް މޯލް، ބަލޯޓާ، މެންގޯ ޝޮޕް، މިނީސޯ، ސޮނީ ސްޕޯޓްސް، އެލް މޯބައިލް، އެލް ޒޯން، އޭސް، ލެކިއުޓް އަދި ހައި ސޭލްސް ފަދަ ވިޔަފާރިތަކުން ވިޔަފާރި ކުރެވޭނެ ކަމަށް މީޑިއާ ނެޓުން ބުނެއެވެ.

މީގެ އިތުރުން މަންތްލީ ޕްރައިޒެއްގެ ގޮތުގައި ނަސީބުވެރި ފަރާތަކަށް އައިފޯން 12 ޕްރޯއެއް ލިބޭނެ ކަމަށް މީޑިއާނެޓުން ބުނެއެވެ.

މި ޕްރޮމޯޝަނުގައި ހުރިހާ އިނާމެއްގައި ބައިވެރިވެވޭނީ މީޑިއާނެޓުގެ ވޯންޓް އިން އޯލްޕެކޭޖް އެކްޓިވޭޓް ކޮށްގެން ކަމަށް މީޑިއާނެޓުން ބުނެއެވެ. އަދި ފެމެލީ ޕެކޭޖް އެކްޓިވޭޓް ކުރުމުން ވީކްލީ އަދި މަންތްލީ ޕްރައިޒްގައި ބައިވެރި ވެވޭނެ ކަމަށާއި، މީޑިއާނެޓާއި އަލަށް ގުޅޭ ކަސްޓަމަރުންނާއި ރީކަނެކްޓް ކުރާ ކަސްޓަމަރުން ޕެކޭޖް އެކްޓިވޭޓް ކޮށްގެން މަންތްލީ ޕްރައިޒްގައި ބައިވެރި ވެވޭނެ ކަމަށް މީޑިއާ ނެޓުން ބުނެއެވެ.

މީގެ އިތުރުން އިނާމުގެ ފުރުސަތު އިތުރު ކުރުމަށް ބޭނުންވާނަމަ، ގިނަ މަހަަށް ޕެކޭޖަށް ފައިސާ ދައްކައިގެން އިނާމުތައް ލިބުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް މީޑިއާ ނެޓުން ފާހަގަ ކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް