ads
ފޮޓޯ : ރާއްޖެ ޓީވީ
ނުފޫޒުފޯރުވި މީހުން ހާމަކުރަން ހަސަން ލަތީފް ގޮވާލައްވައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ޝަރީޢަތައް ނުފޫޒު ފޯރުވި ނަމަ އެ ބަޔަކު ހާމަކުރަން އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނުގު ދާއިރާގެ އެމްޑީޕީ މެމްބަރ ޙަސަން ލަތީފް ގޮވާލައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ޝަރީޢަތައް ނުފޫޒު ފޯރުވި ނަމަ އެ ބަޔަކު ހާމަކުރަން އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނުގު ދާއިރާގެ އެމްޑީޕީ މެމްބަރ ޙަސަން ލަތީފް ގޮވާލައިފިއެވެ.

ހަސަންލަތީފް މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ރޭ ނެރުއްވި ބަޔާންގެ ސަބަބުން މުޅި ސަރުކާރުގެ ބޮލުގައި އިލްޒާމް އެޅޭކަމަށެވެ.

"ނުފޫޒު ފޯރުވި ކަމަށް ވިދާޅުވާ ނަމަ އެކަން އެކަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަކުރައްވާ އަދި އެ މައްސަލަ ހުށަހަޅުއްވާ"


ކުރީގެ ރައީސް އަބްދުﷲ ޔާމިން ޖަލަށްލާނެކަމުގެ ޔަގީންކަން ހޯދަން ސަރުކާރުން މަސައްކަތް ކުރިމަށް ހައިލަމް ރޭ ވަނީ ވިދާޅުވެފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި ބަޔާނެއްގައި ހައިލަމް ވިދާޅުވެފައިވަނީ، ރައީސް ޔާމީންއަށް މަނީލޯންޑަރިންގ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާގޮތުން އޭނާ އަށް ގުޅައި ނުފޫޒު ފޯރުވުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

"އަދި މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ މި ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހުއެވެ". ހައިލަމް ނެރުނު ބަޔާނުގައި ވެއެވެ.
ހައިލަމް މިހެން ވިދާޅުވިއިރު، ނޮވެމްބަރު ތިންވަނަ ދުވަހު ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ވައިބާ ގުރޫޕަކަށް ހައިލަމް ލީ ފޮޓޯއެއްގައި ރައީސުލްޖުމްހޫރޮއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ހިލިހިލާ ޖަހާފައިވާ ކުރެހުމެއް ހުރުމުން އެ މައްސަލަ ތަހުގީގުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ހައިލަމް ސަސްޕެންޑު ވެސް ކޮށްފައެވެ.

ހައިލަމް ސަސްޕެންޑު ކުރީ ރައީސް ޔާމިންގެ ޝަރީޢަތުގެ ހުކުމް އިއްވަން ޝަރީއަތް ބާއްވަން އޮތް ދުވަހުއެވެ. އޭގެ ސަަބަބުން އެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް މިމަހު 17 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް